ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕޯލޯގެ 9 ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައި ކުރުމަށް އެސްޓީއޯއާއި ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުންގެންދާ 9 އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އެސްޓީއޯއާއި ހަވާލުކުރުމުގެ އެއްބަސްވުމެއްގައި 28 ފެބްރުއަރީ 2024 ވަނަ ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް، އިންސްޓޯލް ކުރެވޭނެއެވެ. މިއެއްބަސްވުމުގައި ހިމެނޭގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ 05 ލިފްޓް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ ”ކޯނޭ“ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެޕޯލޯ ޓަވަރު ތަކުގައި ހަރުކުރެވިގެންދާ ”ކޯނޭ“ ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކަކަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި ”ކޯނޭ“ ލިފްޓު ހަރުކޮށް ދީފައެވެ.

ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. ”މެޝިންރޫމްލެސް“ ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: