ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ނޫންގޮތަކަށް މިކަން ކުރަން ރައީސް ޔާމީންނަށް ދެންނެވިން: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕްރެސްކޮންފަރެންސެއްގައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތްތައް ނޫން ގޮތަކަށް އެކަންކަން އިންތިޒާމުކުރެއްވުމަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު އެރުވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ދެންނެވިކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އަމިއްލަފުޅަށް އެ ނިންމުން ނުނިންމެވީ ޑިމޮކްރެސީއަށް ލޯބިކުރައްވާތީކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ސެނެޓު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކެމްޕެއިނެއްގެ ތެރޭގައި ވާދަވެރިކަމެއް އޮންނާނެކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ނިމުމާއިއެކު ވާދަވެރިކަންވެސް ނިމިގެންދާންޖެހޭކަމަށާއި ކޮންމެ ފަރާތެއް އިންތިހާބުވެގެންދިޔަ ނަމަވެސް ތާއީދުކުރެއްވުމަށް ތައްޔާރަށް ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އަމަލުކުރަމުންދަނީ ލީޑަރު ރައީސް ޔާމީންގެ އިރުޝާދުގެ މަތިންކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ހިންގަމުންދާ އިންތިހާބަކީވެސް އެމަނިކުފާނުގެ އިރުޝާދުގެ މަތިން ހިނގަމުންދާ މަސައްކަތްތައްކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ކުރަމުންދާ ގޮތް ނޫން އެހެން ގޮތަކަށް ކަންކަން ކުރުމަށް މަސައްކަތްކުރެއްވިކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ޑިމޮކްރެސީއަށް ކުރައްވާ ލޯބީގެ ސަބަބުން އަމިއްލަފުޅަށް އެއްވެސް ކަމެއް ނިންމަވަން އެމަނިކުފާނު ބޭނުންވެވަޑައިނުގެންނެވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމަނިކުފާނު ޕާޓީގެ މެމްބަރުންނަށް ކުރައްވާ އިތުބާރެއްގެ ސަބަބުން އެ މަސައްކަތްތައް އޮތީ މެމްބަރުންގެ އަތްމައްޗަށް ދޫކޮށްލައްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެ ގޮތުގެ މަތިން ރައީސް ޔާމީން އަމަލުކުރެއްވީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަމަށެވެ. އެހެންކަމުން ދެ ޕާޓީއަކީ ތަސައްރަފު ފުދިފައިވާ ޑިމޮކްރެސީއަށް ލޯބިކުރާ ދެ ޕާޓީކަން ދައްކައިދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީ ކޯލިޝަންއަކީ ސުލްހަ ހިފަހައްޓާ ދެ ޕާޓީކަމާއި އެންމެންވެސް ރައީސް ޔާމީންއާއިއެކު ތިބިކަންވެސް ދައްކައިދޭންޖެހޭކަމަށާއި އެންމެންވެސް ހިންގާނީ އެމަނިކުފާނުގެ އިރުޝާދުގެ މަތިންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ އިލްތިމާޒް ކެނޑިޑޭޓުންނަށްވެސް ކުރައްވާކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: