ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮކަންތަކުގެ ތަޅުދަނޑި އަކަށް ވެވޭނީ މާތްﷲ ފަރްޞް ކުރެއްވި ކަންކަން ކޮށް މުންކަރާތްތަކާއި ދުރުހެލި ވެގެން: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮކަންތައްތަކުގެ ތަޅުދަނޑި އަކަށް ވެވޭނީ މާތްﷲ ފަރްޞް ކުރައްވާފައިވާ ނަމާދުތަކާއި ދީނުގެ އެނިހެން ފަރްޞް ތަކާއި ވާޖިބްތައް އަދާކޮށް، މުންކަރާތްތަކާއި ފާހިޝްއަމަލު ތަކުން ދުރުހެލިވެގެން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ ހެޔޮ ކަންކަމަށް ގޮވާލާ މީހަކަށް ވުމަށް ކޮންމެ މުސްލިމަކުވެސް އެދޭނެ ކަމަށެވެ. އެފަދަ މީހަކަށް ވުމަށްޓަކައި ތިމާގެ އަމަލުތަކާއި ބަސް ތަކުގައި މާތްﷲ އަށް އިހްލާސްތެރި ވުމާއި ތިމާ ކުރާ ކޮންމެ އަމަލަކާއި ތިމާ ބުނާ ކޮންމެ ބަހެއް މާތްﷲ އަށް ހާލިސް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހާލިސްނުކުރާ އެއްވެސް އަމަލެއް މާތްﷲ ގަބޫލުފުޅުނުކުރައްވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ގެ އަމުރުފުޅުތަކާއި އެއްގޮތަށް އަމަލުކޮށް އެކަލާންގެ އަށް ވެފައިވާ އަހްދަށް ވަފާތެރިވާ މީހަކީ ހެޔޮކަމުގެ ތަޅުދަނޑިއެއްކަމުގައި ލައްވާ ނުބައިކަމުގެ ތަޅެއްކަމުގައި ލައްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެފަދަ މީހަކަށް ﷲ ދެއްވާނީ ހެޔޮކަމުގެ ހުރިހާ ދޮރުތަށް ހުޅުވައިލެވޭ މައި ތަޅުދަނޑިއެއް ކަމަށް ބުނެފައި ވެއެވެ.

ހުތުބާގައި ބުނެފައިވަނީ ހެޔޮކަމުގެ ތަޅުދަނޑި އަކަށް ވާން އެދޭ މީހާ މަތިވެރި އަލްލާގެއްގެ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. މަތިވެރި އަހްލާގެއްގެ ވެރިއަކު ހަޑިހުތުރު އަމަލު ތަކުން އޭނާގެ  ފަސްބައި ކިލާ ކުރާކަށް ނޭދޭނެ ކަމަށާއި އަދި ރިވެތި އަހްލާގެއްގެ ވެރިއަކަށް ވެވޭނީ ރަނގަޅު ރަހްމަތްތެރިން އިހްތިޔާރު ކޮށްގެން ކަމަށް ހުތުބާގައިވަނީ ބުނަފެއެވެ.

މުއުމިނުންނަކީ ނުބައި މީހުންނާ އެކު އުޅޭނެ ބައެއް ނޫނެވެ.

ހުތުބާގައި ބުނެފައިވެއެވެ.

ރަނގަޅު މީހުންނަކީ ޣަނީމާއެއްކަމާއި އެމީހުންގެ ބައްދަލުވުން ތަކަށް މާތްﷲ ތަހްމަތް ބާވައިލައްވާނެ ަކަމަށް ހުތުބާގައި ބުނެފައިވެއެވެ. ނުބައިމީހުންގެ މަޖިލީސް ތަކަށް ޝައިޡާނާ ފައިބާނެ ކަމަށާއި އަދި ދޮގުހެދުމަށާއި މީހުންގެ އަބުރަށް އަރައިގަންނަން ވަސްވާސް ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހެޔޮކަމުގެ ތަޅުދަނޑި އަކަށް ވާން އެދޭ މީހާ، އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ، ތެދުމަގު ދައްކައި އުޅޭ މީހަކަށް ވާން ޖެހޭނެއެވެ. މީހުންނަށް ހެޔޮ ނަސޭހަތްދޭ ބަޔަކަށް އަހަރެމެން ވެއްޖެނަމަ، އަހަރެމެންގެ ތެރޭގައި ހެޔޮއަމަލުތައް އާންމު ވާނެއެވެ. އަހަރެމެންނަކީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރާބަޔަކަށް ވާނެއެވެ.

ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ މާތްﷲ އަށް ތަގުވާވެރިވުމަކީ އެކަލާނގެ އަޅުތަކުންނަށް ވަސިއްޔަތް ކޮށްފައިވާ ކަމެއް ގޮތުގައެވެ. ހެޔޮކަމުގެ އެންމެ މުހިއްމު ތަޅުދަނޑިއަކީ އިލްމު އުނގަންނައި ދިނުމާއި ތާފާތު ވަސީލަތްތަކުން އިލްމު ފެތުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުރިހާ ހެޔޮ ކަން ކަމުގެ އަސާސަކީ ޝަރުއީ ގިއުގަނޑު ތެރޭގައި ދެވޭ ރަނގަޅުތައުލީމު ކަމުގައި ހުތުބާގައި ވެއެވެ. ޒަމާނީ ކުރުމުގައި ވިނަމަވެސް ތައުލީމު އެ ގިއުގަނޑުން ބޭރު ވެގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ އަންގާފައެވެ.

ނުބައިކަންތަކުގެ ތަޅުދަނޑި ގިނަ ވުމުން މުޖުތަމައު ތެރެއަށް ފެތުރެމުންދަނީ ގޯސް އާދަތަކާއި، ބަދުއަހްލާގީ އަމަލުތަކާއި އަދި އިސްލާމް ދީނާއި ހިލާފް ފިކުރުތަށް ކަމުގައި ހުތުބާގައި ވެއެވެ. މުސްލިމުންވާން ޖެހޭނީ ނަމޫނާ ބަޔަކަށް ކަމާއި އަދި ތިމާގެ އަހްލާގާއި، ސުލޫކު އިސްލާމް ދީނުގެ އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކުރަންވާނެ ކަމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. މިކަން ކަމަށް ހެކިދޭ އެތަށް ދަލީލު ތަކެށް ހުތުބާގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: