ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ހުތުބާ: މި މަތިވެރި އިސްލާމް ދީނުގެ އަސާސަކީ ތައުޙީދު!

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގައި ބައިވެރި މީހުން ހުތުބާ އަޑުއަހަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަތިވެރި އިސްލާމް ދީނުގެ އަސާސަކީ ތައުޙީދުކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ “ނަބަވީ ސުންނަތާއި ތައުޙީދު” ގެ މައްޗަށެވެ.

މާތް الله އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަޞްލުކަމަށް ފާހަގަކޮށް ހުތުބާގައިވަނީ، އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ޙާޞިލްކޮށް ދެއްވުމަށްކަމަށެވެ. އަދި ހަމައެފަދައިން ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދާކަމަށާއި، ކީރިތި ރަސޫލާ ތައުޙީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިކަމަށްވެސް ހުތުބާގައިވެއެވެ.

އެންމެ ފުރިހަމަ ގޮތުގައި ތައުޙީދުގެ ހުރިހާ ބައިތަކެއް ޙިމާޔަތް ކުރެއްވިކަމަށާއި، އެކަލޭގެފާނުގެ ދަޢުވަތުގެ ފުރަތަމަ ޝިޢާރަކީ މާތް الله އެއްކައުވަންތަ ކުރުންކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެކަލާނގެ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށްކަން ހަނދުމަކޮށްދެއްވާ ހުތުބާގައިވަނީ ޚަލްޤު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިދޭކަމަށެވެ.

ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއަކީ މާތް ﷲ ކަން ފާޙަގަކޮށް ހުތުބާގައި އެކަނލާންގެ ކުޅަދުންވަންތަކަމުގެ ހެކިތައް ފާހަގަކޮށްފައިވެއެވެ.

އުޑާއި ބިން އުފެއްދެވުމާއި، ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި، ގަސްގަހާގެއްސާއި މޭވާތަކާއި، އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން، ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ. މަޚްލޫޤުން ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޚާލިޤަކު ވާކަމެވެ. އަދި ކޮންމެ ޞޫރައެއްގެ ފަހަތުގައި އެ ޞޫރަ ކުރި ފަރާތެއްވާނެކަމެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ.

ހުތުބާގައިވެއެވެ.

ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ އަށް އަދާކުރަންޖެހޭ ޙައްޤާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ޙައްޤު ވަނީ ބަޔާން ކުރައްވާފައިކަންވެސް ހުތުބާގައި ފާހަގަކޮށްފައިއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މި މަތިވެރި އިސްލާމް ދީނުގެ އަސާސަކީ ތައުޙީދުކަމަށެވެ. އަދި މި ދީނަކީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ ހަމައެކަނި ދީންކަންވެސް ފާހަގަކުރައްވާފައިވެއެވެ. މިއީ އެކަލާނގެ ޤަބޫލު ކުރައްވާ ހަމައެކަނި ދީންކަމާއި، ކީރިތި ރަސޫލާ މައްކާގައި ތޭރަ އަހަރު ހޭދަ ކުރެއްވީ، މި ދީނުގެ އަސާސް ކަމުގައިވާ ތައުޙީދަށް ގޮވައިލެއްވުމުގައިކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: