ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި!

ނާޒިމް ފޯމު ހުށައެޅުއްވި މަންޒަރު: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނަޒިމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވައިފިއެވެ.

އެމްއެންޕީގެ ރިޔާސީ ކެމްޕެއިން ކުރެވެމުންދާތާ ދުވަސްތަކެއް ވުމަށްފަހު، ކެނޑިޑޭޓު ނާޒިމްގެ ފޯމު ހުށައެޅިގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފޯމު ހުށައެޅުއްވީ ނާޒިމްއެވެ. އިލެކްޝަންސްގެ ފަރާތުން މި ރަސްމިއްޔާތުގައި ފޯމާއި ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުއެވެ.

ނާޒިމް އާއިއެކު އެމްއެންޕީގެ ލީޑާރޝިޕުގެ އިތުރުން އޭނާއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ފަރާތްތައް ދަރުބާރުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. ނާޒިމްވަނީ ދާދި ފަހުން އޭނާގެ ރަނިންގްމޭޓެއް ކަނޑައަޅުއްވާފައެވެ. އޭނާގެ ރަނިންގްމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ތައުލީމީ ދާއިރާގެ ތެރެއިން ފާހަގަކޮށްލެވޭ އައްޑޫއަށް ނިސްބަތްވާ ބޭފުޅެއްކަމަށްވާ ޑރ އަހުމަދު އަދީލް ނަސީރުއެވެ.

ނާޒިމްގެ ކެނޑިޑަސީ ފޯމު ހުށައެޅިފައިވާއިރު، އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ އެމަނިކުފާނުގެ ފޯމު ހުށައަޅުއްވާފައެވެ. ރައީސް ސާލިހުގެ އިތުރުން ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްވެސްވަނީ އޭނާގެ ފޯމު ހުށައަޅުއްވާފައިކަމަށްވާއިރު، ޕީއެންސީ އޮތީ ތައްޔާރީ ހާލަތެއްގައިކަން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު މޭޔަރ ޑރ މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: