ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ގާއިމުވީއްސުރެ ޕީޕީއެމް ޕީއެންސީ ރޫޅާލުމަށް މަސައްކަތްކުރޭ: އަބްދުއްރަހީމް

ޕީޕީއެމް އިން ބޭއްވި "ދުއްޕާން ޖަލްސާ" ގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ރޫޅާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ގާއިމުކުރެވުނީއްސުރެ މަސައްކަތްތައް ކުރަމުންދާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މޭޔަރ ޑރ މުހައްމަދު މުއިއްޒުއަށް ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީ މަގުމަތިނުވާކަމަށާއި މަގުމަތިވެފައިވަނީ އެ ކޯލިޝަން ދޫކޮށް ގޮސްފައިވާ ބޭފުޅުންކަމަށް އެ ވާހަކަދައްކަވަމުންދާ ފަރާތްތަކަށް ދަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ވަކި ވަގާމެއް ހާސިލުނުވެގެން ނުވަތަ ވަކި ކަމަކަށް ފުރުސަތު ނުލިބިގެން ޕާޓީ ދޫކޮށް ދާނެ އެއްވެސް މީހަކު އިދިކޮޅުގެ ލީޑަރޝިޕުގައި ނެތްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިދިކޮޅުން ވާނީ އެކަން ސާބިތުކޮށްދީފައިކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ ލީޑަރުންނަކީ ބަދަހި ޓީމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ އެކުވެރި އަދި ބަދަހި ލީޑަރުންގެ ޓީމެއް ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކު ނޯންނާނެކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ލީޑަރަށް އިހުލާސްތެރި ވަފާތެރި އަދި އެ ލީޑަރެއްގެ ފަހަތުގައި ސާބިތުވެ ތިބޭ އެވަރުގެ ބަދަހި ދެވަނަ ޓީމެއް ނޯންނާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެކަންވެސް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުކޮށްދީފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ދެ ޕާޓީ ރޫޅާލުމަށް އެމްޑީޕީގެ މި ވެރިކަން ގާއިމުކުރެވުމާއިއެކު މަސައްކަތްތައް ފެށިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، މި ސަރުކާރު އޮތީ ރައީސް ޔާމީންއަށް އަނިޔާކުރުމުގައި ހައްދު ފަހަނަ އަޅާފައިކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އެމަނިކުފާނުގެ މައްޗަށް ވާނުވާ ޖަހާފައި ޖަލަށް ލިކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންއާއި ޕާޓީއަށް ވަފާތެރިވާނެކަން ލީޑަރޝިޕުންވަނީ އެ ވަގުތުވެސް ސާބިތުކޮށްދީފައިކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި މިހާރު އެމަނިކުފާނު އެއް ހާހަަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވައިފިކަމަށެވެ. ޕާޓީ ދޫކޮށް ދިޔައީ ކޮން ބައެއް ތޯ އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޕާޓީ އަދި ރައީސް ޔާމީން ދޫކޮށް ގޮސްފައިވަނީ އަމިއްލަ އެދުން އިސްކުރި މީހުންކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީ ދޫކޮށް ގޮސްފައިވަނީ ބޭނުންވާ އަމިއްލަ ކަމެއް ހާސިލުނުވުމުން އިދިކޮޅުން ހިޔާނާތްތެރިވެއްޖެކަމަށް ބުނާނީ “ލަދުހަޔާތުގެ ކަންފުޅެއް” ނެތުމުންކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް ޕީއެންސީއިން އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތު ނޫންކަމަަށް ދަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ވާހަކަ ދެންނެވީ ރައީސް ޔާމީންގެ ލަފާއާއި އިރުޝާދުގެ ދަށުން އިދިކޮޅުގެ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި މީހެއްގެ ހައިސިއްޔަތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: