ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އެދުމާއި އެއްގޮތަށް މުއިއްޒުގެ ވައުދު ދިގުފަރު ހިއްކައި، އިހަވަންދުއާ ގުޅުވާލުމަށް

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫ އާއި ދިގުފަރު ގުޅުވާލައި، އެ ރަށުގައި ސިނާއީ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވާނެކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ، ހދ ގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މުއިއްޒަށް ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތައް ހުށަހެޅި އެވެ. އެހެންވެ އެކަންކަން ހައްލުކޮށް، ގެންނާނެ ބަދަލުތައް މުއިއްޒު ވަނީ ވިދާޅުވެދެއްވާފަ އެވެ.

އިހަވަންދޫގެ ރައޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ އިހަވަންދޫ އާއި ދިގުފަރު ގުޅުވާލައި ސިނާއީ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އެހެންކަމުން އެގޮތް ހަދައިދޭނެކަމުގެ ވައުދުވެ މުއިއްޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުތުރުގެ ރަށްތަކަށް ތަރައްގީ ގެނެސްދެވިފައި ނެތްކަން ރަށްތަކަށް ނަޒަރު ހިންގާލުމުން ސާފުވާކަމަށެވެ.

އެއަށް ފަހު މުއިއްޒު އެދިވަޑައިގަތީ، ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުން ދެކުނު ތަރައްގީއަށް ދެވަނަ ފުރުސަތު ދިނުމަށެވެ. މިއަދު ވެސް ރައްޔިތުން ބޭނުން ވަނީ އެ ތަރައްގީކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އެކަން ތަކުރާރުވާތަން ފެންނާނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވަނީ އިހަވަންދޫގެ ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ނެތް މައްސަލައަށް ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކޮށް، މަސްވެރިކަމުގެ ސިނާއަށް ރަށުގައި ހަރުދަނާ ކުރައްވާނެ ކަމަށެވެ.

ދިގުފަރު ހިއްކައި، ރަށުގެ ރައްޔިތުން އެދޭ ގޮތަށް، ރަށުގެ ރައްޔިތުން އެދޭ ގޮތަށް ސިނާއީ މަސައްކަތް ކުރެވޭނެ ގޮތް ހަދައިދޭނަން…

މީގެއިތުރުން މުއިއްޒު ވަނީ އިހަވަންދޫގައި ޒަމާނީ ވަސީލަތްތަކާއި އެކު، ހުރިހާ ބޭސްފަރުވާއެއް ކުރެވޭ ގޮތަށް ރަނގަޅު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ވައުވެވަޑައިގަންފަ އެވެ. އަދި ބޯހިޔާވަހިކަން ހަމަހަމަ އުސޫލެއްގެ ތެރެއިން، ތަފާތު ކުރުމެއް ނެތި ފޯރުކޮށްދޭނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: