ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭއޭއޭގެ ޕައިލެޓް ލައިސެންސް ފުރިހަމަ ކުރަމުންދިޔަ ދަރިވަރުން ކޯސް ހުއްޓާލަންޖެހުމުން، ކޯސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ ޕައިލެޓް ލައިސެންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ކޯސްނުނިމި ދިގުލައިގެންދިއުމާއި ދަރިވަރުންނަށް ކޯސްކުރިއައްގެންދިއުމަށް މާލީގޮތުން އެތަކެއް ދަތިތަކެއްކުރިމަތިވެ ކޯސް ހުއްޓާލަންޖެހުމުގެ ސަބަބުން އެދަރިވަރުންނަށް ކޯސްކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރުން ހޯދައިދީފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ، އަދި ވަކިން ހާއްސަކޮށް އެމަނިކުފާނަކީ ތަޢުލީމަށް ލޯބިކުރައްވާ ވެރިއެއްކަމަށް ފާހަގަކޮށް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގައި ޕައިލެޓް ލައިސެންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަ ނުކޮށް މެދުކަނޑާލަންޖެހުނު ދަރިވަރުންނަށް، އައިލެންޑް އޭވިއޭޝަން ސަރވިސްގެ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ލޯނުގެ އެހީގެ ފުރުސަތު ދެއްވަން ރައީސް ސާލިހު ނިންމަވާފައިވާކަމަށެވެ. އެހެންކަމުން ރައީސް ސާލިހުގެ ނިންމެވުމާއި އެއްގޮތަށް ދެ ބެޗަކަށް ކުދިން ނަގައިގެން ޕައިލެޓް ލައިސެންސް ކޯސް ފުރިހަމަ ކޮށްފައިވާކަމަށް ބުނެފައިވެއެވެ. މިއީ މީގެ ތިންވަނަ ބެޗުކަން މިނިސްޓްރީއިން ފާހަގަކުރިއެވެ.

އެގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ 14 އޮގަސްޓް 2023 ވަނަ ހޯމަ ދުވަހު ޕައިލެޓް ލައިސެންސް  ކޯހުގެ ތިންވަނަ ބެޗުގައި ބައިވެރިވާނެ ފަރާތްތަކަށް  އެކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ލޯނަށް އެދި ހުށައަޅަން އިއުލާންކޮށްފައިވާކަން މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ. މި ލޯނުގެ އެހީގެ ފުރުސަތުގެ ދަށުން ލޯނު ފައިސާ ދޫކުރާނީ ދަރިވަރުންގެ ކޯސް ފުރިހަމަ ކުރުމަށް ބާކީ އޮންނަ މުއްދަތަށްވާ ފައިސާކަމަށް މިނިސްޓްރީއިން ބުންޏެވެ. ލޯނު އެހީގެ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ 2023 ވަނަ އަހަރުގެ ބަޖެޓުންކަމަށްވެސް ބުންޏެވެ.

މި ލޯނު އެހީގެ ފުރުސަތަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 21 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:30 އެވެ. މި ކޯހައް އެދި ހުށަހަޅާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިކޭސަންއިންގެ ޕޯރޓަލްމެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: