ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލް ދަރިވަރުންގެ ރިފްރެޝަރ ކޯސް ފީގެ 1500 ޑޮލަރ ލޯނު އެހީގެ ގޮތުގައި!

މިނިސްޓަރ ޑރ އިބްރާހިމް ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގައި ޕައިލަޓްކަން ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަ ކުރެވިފައިނުވާ ދަރިވަރުންނަށް ކުރިއަށްގެންދާ ރިފްރެޝަރ ކޯހުގެ ފީ ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން އިއުލާން ކުރައްވައިފިއެވެ.

މިއަދު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވީ ފްލައިން ސްކޫލްގައި ޕައިލަޓްކަން ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން ކިޔެވުން ފުރިހަމަ ކުރެވިފައިނުވާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް އެންމެ ފުރަތަމަ ކުރިއަށްގެންދާނީ ރިފްރެޝަރ ކޯހެއް ކަމަށެވެ. ރިފްރެޝަރ ކޯހަކީ ކިޔެވުން ފުރިހަމަ ކުރެވިފައިނުވާ ދަރިވަރުން، ފާއިތުވެދިޔަ ތަނުގައި ކިޔަވާފައިވާ އެއްޗެއް އަލުން ރިވިއު ކުރުމަށާއި ކޯސް ފުރިހަމަ ކުރުމަށް ބޭނުންވަނީ ކޮން ބައިތަކެއްކަން ދެނެގަތުމަށް ކުރިއަށް ގެންދާ ކޯހެކެވެ.

މިނިސްޓަރ ވިދާޅުވީ މިކޯހުގެ ފީއަކީ 1500 ޑޮލަރު ކަމަށެވެ. އަދި މި 1500 ޑޮލަރު ދަރިވަރުންނަށް ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ލޯނު އަނބުރާ ދައްކަން ޖެހެނީ އެހެން ލޯނުތައްވެސް ދައްކާ އުސޫލުން ކިޔަވާ ނިންމުމަށްފަހު ކަނޑައަޅާފައިވާ މުއްދަތުގެ ތެރެއިންނެވެ.

ރިފްރެޝަރ ކޯސް ނިންުމުމަށްފަހު އޭއޭއޭގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ކޯސް ކުރިއަށްގެންދާނެއެވެ. މިކަމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ފްލައިން ސްކޫލާއި މޯލްޑިވިއަންއިން ހަވާލުވުމަށްފަހު މި މަހު ފްލައިން ސްކޫލު ސޮފްޓް އޮޕެނިންއެއްގެ ގޮތުގައި ހުޅުވައި ދަރިވަރުންގެ ކިޔެވުން ޖެނުއަރީ މަހު ފެށިގެންދާނެކަމަށް މޯލްޑިވިއަންއިން ވަނީ މައުލުމާތު ދީފައެވެ. އެންމެ ފުރަތަމަ ކުރިޔަށް ގެންދާނީ ގްރައުންޑު ކްލާސްތައް ކަމަށާއި ޖެނުއަރީ މަހުގެ މެދު ތެރޭގައި ފްލައިން ކާލާސްތައް ފަށާނެކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ. މިސްކޫލްގައި އަލުން ކިޔެވުން ފަށާއިރު މިވަގުތު ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް އިސްކަމެއް ދޭނެ އެވެ. އެއަށް ފަހު އެ ކުދިންގެ ކޯސް ފުރިހަމަ ކުރެވޭ މިންވަރަކުން، އާ ބެޗުތަކަށް ޖާގަ ދެވޭނެ އެވެ. އައްޑޫ ގޭން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ.

މިމަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ވަނީ ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ވަނީ ހުޅުވާފައެވެ. މިސްކޫލްގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިހާރު ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: