ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ.ތޮއްޑޫއަށް ވީ ވައުދުތަކުގެ ތެރެއިން 4 ވައުދެއް ފުއްދިއްޖެ: ރައީސް ޞާލިހް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. ފޮއްދޫ ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވުން - ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ.ތޮއްޑޫއަށް ވީ ވައުދުތަކުގެ ތެރެއިން 4 ވައުދެއް ފުއްދިފައިވާކަމަށާއި ބާކީ ހުރި ކަންކަމުގެ މަސައްކަތްތަވެސް ނިމެމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުކުރުމަށް ރައީސް މިއަދު ވަނީ އއ.ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުރައްވާފައެވެ. އެ ރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

ތޮއްޑޫއަށް ވަޑައިގެން ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ތޮއްޑޫއަކީ އެމްޑީޕީއާއި ބީރައްޓެހި ރަށެއް ނޫންކަމަށާއި، އެމްޑީޕީ އުފެދުނީއްސުރެވެސް އެ ޕާޓީގެ މަސައްކަތްތަކުގައި ތޮއްޑޫގެ ރައްޔިތުން އަބަދުވެސް އެހީތެރިވެދީފައިވާކަމަށާއި މިއަދުވެސް އެ ރަށުގެ ރައްޔިތުން ތިބީ އެމްޑީޕީއާއި އެކު އެ ގޮތަށްކަމުގައި ވިދާޅުވިއެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި ތޮއްޑޫއަށް 5 ފަހަރު ދަތުރުކުރެވިއްޖެކަމަށާއި އަދި މިއީ މިއަހަރު އެމަނިކުފާނު އެރަށަަށް ކުރި ދެވަނަ ދަތުރުކަމުގައި ވިދާޅުވިއެވެ. ތޮއްޑޫއަށް މި ދައުރުގައި ވެފައިވާ ވައުދުތަކުގެ ތެރެއިން ބޮޑު ބައެއް ފުއްދިފައިވާކަމަށާއި، ރިޔާސީ އިންތިޚާބުގައި ވީ ވައުދުގެ އިތުރުންވެސް އެރަށަަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާނެކަމުގައި ވިދާޅުވިއެވެ.

“19 ކަމެއް މިރަށަށް ކޮށްދޭން ވައުދުވިން. އޭގެ ތެރެއިން ރިޔާސީ ވައުދެގެ ތެރޭގައި އޮތީ 7 ކަމެއް. އެއީ ފުޓްބޯޅަ ދަނޑުގެ ވައުދު، އެތަނުގެ މަސައްކަތްތައް ވަނީ ކުރެވި ނިމުމަކާއި ހަމައަށް އާދެވިފަ. ސްކޫލްގެ 12 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް އެޅުން އެއީ އަޅުގަނޑުމެންގެ ރިޔާސީ ވައުދެއް. މިއަން ނިމި ބޭނުން ކުރަމުން އެ ދަނީ. ސެލްފް ސާވިސް އޭޓީއެމްގެ ޙިދުމަތް ދޭން އަޅުގަނޑުމެން ވައުދުވިން. އެކަން އެކަންވެސް ނިމި އެ ޙިދުމަތްވެސް ދެމުން އެ ދަނީ. ބަނދަރު ރީ ކޮންސްޓްރަކްޝަން ކުރަން ވީ ވައުދު، އެކަން އޭރު ވީ ވައުދާއި އެއްގޮތައް އެކަން ކޮށް ފަހުން އެތަނަށް ބައެއް ބަދަލްތައް ވާނީ ގެނެވިފަ.” ރައީސް ވިދާޅުވިއެވެ.

ރިޔާސީ ވައުދުގެ ތެރެއިން މަސައްކަތް ލަސްވެފައިވަނީ ތޮއްޑޫގައި ޤާއިމްކޮށްދިނުމަށް ވައުދުވެފައިވާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކަން ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

2018 ގައި ވެރިކަމަށް ނިކުތީ ޖަޒީރާ ރާއްޖެ ތަސައްވުރަކާއި އެކު ކަމަށާއި، އެކަންތައްތަ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވިދާޅިވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް އެމަނިކުފާނަށް ދެވިއްޖެކަމަށާއި، ކޮންމެ ރަށަކުންވެސް ތަރައްގީގެ ބޮޑެތި ބަދަލްތަކެއް ފެންނަމުންދާކަމުގައި ވިދާޅުވިއެވެ. ކައުންސިކްތައް ބާރުވެރިކުރުވާ، ކައުންސިލްތަކުން ރަށުގެ ތަރއްޤީއަށް މަސައްކަތްތައް ކުރުމަކީ އެމްޑީޕީގެ ތަސައްވުރުކަމުގައި ފާހަގަކޮށް ހުރިހާ ރަށަކުންވެސް އެ ފެންނަ ބަދަލަކީ މިކަމުގެ ސަބަބުން ފެންނަމުންދާ ބަދަލްކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

ކޮންމެ ރަށެއްގެވެސް އިޙްތިޞާސް ކަނޑައެޅުމާއި އެކަންވެސް ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އަދި ހުރިހާ ރަށު ކައުންސިލްތަކެއްގެ 33 އިންސައްތަ އަންހެނުންގެ ތަރައްޤީ ކުރިއަރުވާ ކޮމެޓީތަކަސް ދެވިފައިވާނެކަމުގައި ކަށަވަރުކޮށް ޔަޤީން ކުރާ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޙިދުމަތް ޤާއިމްކޮށްދީ އެ މަަސައްކަތްތައް ނިމެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. މިނިމަމް ވޭޖް ކަނޑަައަޅައި އެކަން ކޮށް ނިމިފައިވާކަން ފާހަގަކުރައްވާ ހުރިހާ ރައްޔިތުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ތަނަވަސް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މާލެއާއި ރަށްރަށުން ގޯތި ދެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ތޮއްޑޫއަށް ބަލާއިރު، އެ ރަށުގެ ކައުންސިލްއިން ދިނުމަށް ނިންމާފައިވާ 100 ގޯތީގެ މައްސަލަ ދިގުލައިގެން ގޮސްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނުގެ ދަށުން ގޯތި ދިނުމުގެ ބާރު އޮންނަނީ ކައުންސިލްގެ އަތުގައި ކަމަށް ވިދާޅުވިއެވެ. ތޮއްޑޫ ކައުންސިލުން އެމަސައްކަތް ކުރަމުން އަންނަކަމުގައި ރައީސް ޞާލިހް ވިދާޅިވިއެވެ. ނަމަވެސް ބައެއް ބޭފުޅުންގެ ޝަކުވާ މިކަމުގައި ހުރުމުން އެ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހަޅަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ކޯޓުގެ މަރުހަލާގައި އެމައްސަލަ އޮތުމުން އެ މަސައްކަތް އިތުރަށް ކުރިއަށް ނުގޮސް މަޑުޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ލަސްތަކެއް ނުވެ އެމައްސަލަ ހައްލުކުރެވި ވަރަށް އަވަސް މުސްތަޤުބަލެއްގައި އެ 100 ގޯތި ރައްޔިތުންނަށް ދެވޭނެކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން އިތުރު 200 ގޯތި ތޮއްޑޫގައި ދެވޭނެކަމުގައި ވިދާޅުވިއެވެ.

އިންތިޚާބުގައި ވޯޓް ދޭއިރު ވިސްނަންވީ ތަރައްޤީގެ މަޝްރޫޢުތަކައިގެން ކުރިއަށް ދާނީ ތޯ ނޫނީ ކުރިން އޮތް އަނިޔާވެރި ސަރުކާރުތޯ ބޭނުންވަނީ ނިންމާނީ ރައްޔިތުންކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި އެއްބުރުން އެމަނިކުފާނު މި އިންތިޚާބު ކާމިޔާބު ކުރާނެކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: