ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއަށް ލިބެމުންދާ އަނިޔާތަކަށް ނަޝީދާއި ގާސިމް އަދި މައުމޫނުވެސް ޒިންމާ ނަގަންޖެހޭނެ: އަބްދުއްރަހީމް

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކަށް ޑިމޮކްރެޓްސްގެ ބާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ޒިންމާ ނަންގަވަންޖެހޭކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި އަބްދުއްރަހީމްވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަމުންދާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ 274 މީހުން ކޮބާތޯ ސުވާލު ކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، އެ މީހުންގެ މައްސަލަތައް ނުބެލިދިއުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޒިންމާ ނަންގަވަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުވެސް 37 މިލިއަން ރުފިޔާ ނެންގެވިކަމަށް އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މިނިސްޓަރު ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައިކަމަށެވެ. އަބްދުއްރަހީމްވަނީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ އުފުލިފައިވާ ނުވާ ސަބަބާއިމެދުވެސް ސުވާލުކުރައްވާފައެވެ. އޭނާ ވަނީ މަހްލޫފުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ސަބަބާއި އެކަން ކުރުމަށް އިރުޝާދު ދީފައިވަނީ ކޮން ފަރާތަކުންކަމާއިމެދުވެސް ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކުގެ ނަންވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެއް ފަހަރު ލިސްޓު ނެރޭއިރު އޮންނަ ނަން އަނެއް ފަހަރު ނެރޭ އިރު ނޯންނަކަމަށެވެ. އަދި އަނެއް ބައި ފަހަރު ލިސްޓުގައި ކުރިން ހިމެނިފައިނުވާ އެތައް ބައެއްގެ ނަންވެސް ހިމެނިގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.އަބްދުއްރަހީމް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރަންޖެހޭކަމަށް ވިދާޅުވަމުންދަނީ އިސްވެ ދެންނެވި ފަދަ ސަބަބުތަކާއި ގުޅިގެންކަމަށެވެ.

އޭނާ ވަނީ މި ފަހަކަށް އައިސް މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަތައް ދައްކަމުންދާކަމަށް އަލިއަޅުއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، “ކެނެރީގޭ މުހައްމަދު ނަޝީދު” ވެސް ވިދާޅުވަނީ ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ ވާހަކަ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް އެ ވާހަކަދައްކަވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ފަރާތުންވެސް އެފަދަ މޭރުމަކުން ދެކެވޭ ވާހަކަތަކެއް އިވިގެންދާކަމަށެވެ. އެެހެންކަމުން ރައީސް ޔާމީން ޖަލަށް ލީ ކާކުތޯ ސުވާލު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމްވަނީ ރައީސް ޔާމީން ޖަލަށް ލުމާއިއެކު ރައީސް ނަޝީދު އެމަނިކުފާނު ޖަލުން ދޫކުރުމަށް ވަކާލާތުކުރައްވާފައިނުވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެެވެ. އޭނާ ވިދާޅުވީ، އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވަނީ އެކަމުގައި އެހީއަށް އެދި އެތައް ފަހަރެއްގެ މަތިން ރައީސް ނަޝީދުގެ އަރިހަށް opވަޑައިގެންފައިކަމަށެވެ. އޭނާ ވިދާޅުވީ، އޭރު ވަޑައިގަތުމުން ރައީސް ނަޝީދު ވިދާޅުވީ ކުރެވޭނެ ކަމެއް ނެތް ވާހަކަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލައިގެން އަނިޔާކުރަމުންދަނީ މި ސަރުކާރާއި ސަރުކާރުގެ ބައިވެރިންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލާނެކަމަށް ވިދާޅުވީވެސް ރައީސް ނަޝީދުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު މިއަދު ރައީސް ޔާމީންގެ ވާހަކަތައް ދައްކަވަމުންދަނީ އެމަނިކުފާނަށް ތާއީދެއް ނެތްކަން ސާފުވުމުން ރައީސް ޔާމީންގެ ނަން ވިއްކައިގެން ވޯޓު ހޯދުމަށްކަމަށެވެ. އެހެންނަމަވެސް އެކަމެއް ނުކުރެވޭނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދަކީ ރައީސް ޔާމީންއަށް ލިބެމުންދާ އަނިޔާތަކުގެ ޒިންމާ ނަންގަވަންޖެހޭ ފަރާތެއްކަމަށެވެ. އޭނާ ވިދާޅުވީ، ގާސިމް އަކީވެސް އެ އަނިޔާތަކަށް ޒިންމާ ނަންގަވަންޖެހޭ ބޭފުޅެއްކަމަށާއި ރައީސް މައުމޫނުވެސް ހަމަ އެ ޒިންމާ ނަންގަވަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، އަދާލަތުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާއަށް ޒިންމާ ނަންގަވަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭނީ ރައީސް ސާލިހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: