ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަމުންދަނީ ވެރިކަން ހޯދަން އަމިއްލަ ގައުމަށް ޓަރަރިސްޓު ޖަމާއަތެއް ގެނައި ބަޔަކާ ވެރިކަން ހަވާލުކުރުމުގެ ނަތީޖާ: އަބްދުއްރަހީމް

ޕީޕީއެމް އިން ބޭއްވި "ދުއްޕާން ޖަލްސާ" ގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފެންމުންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ގައުމަށް ބޭރުގެ “ޓެރަރިސްޓު ޖަމާއަތެއްގެ” ގެނެސްގެން ކުށެއް ނެތް މައުސޫމު ބަޔަކު ޝަހީދުކޮށްލައިގެން ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކާއި ވެރިކަން ހަވާލުކުރެވުމުން ވެގެންދާނެ ގޮތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މޭޔަރ ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމުގެ ގޮތުން ފ ނިލަންދޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ގައުމަށް ބޭރުގެ “ޓެރަރިސްޓު ޖަމާއަތެއްގެ” ގެނެސްގެން ކުށެއް ނެތް މައުސޫމު ބަޔަކު ޝަހީދުކޮށްލައިގެން ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކާއި ވެރިކަން ހަވާލުކުރެވުމުން ވެގެންދާނީ ކިހިނަކުންތޯ ހިތަށް އަރާކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ދިވެހިން ތަޖުރިބާކުރަމުންދަނީ އެގޮތުގެ މަތިން ކަންވެގެންދިއުމުގެ ސަބަބުން ނުކުންނާނެ ނަތީޖާކަމަށެވެ.

އިދިކޮޅުގެ ކެމްޕެއިންގެ ތެރެެއިން ބޮޑުތިލަދުންމައްޗަށް ވަޑައިގެންނެވިކަމަށް އަބްދުއްރަހީމް އިޝާރާތްްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގައުމު ދިފާއުކުރުމުގައި އެންމެ ފުރަމަތަ އިސް ނަގާނީ އެ ސަރަހައްދުންކަމަށް ބުނެފައިވާކަމަށާއި އެއީ ތާރީހުން ފެންނަން އޮތްކަމެއްކަމަށް އޭނާ އާއި ހިއްސާކުރެވިގެންދިޔަކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ މީހުން ތިބީ ވަރުގަ ޖޯޝެއްގެ މަތީގައިކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ބޮޑުތަކުރުފާނަށްޓަކައި ފަހުރުވެރިވާ ފަދައިން މިއަދު ރާއްޖެ ވެއްޓިފައިވާ ހާލަތުން ގައުމު ސަލާމަތްކުރެއްވުމަށް ކަމަރު ބަންނަވައިގެން މުއިއްޒު ނުކުމެވަޑައިގަތުން ވެގެންދިޔައީ ބޮޑުތިލަދުންމައްޗަށް ލިބިގެންދިޔަ ބޮޑު ފަހުރަކަށް ކަމަށެވެ. އެހެންކަމުން މުއިއްޒުއަށް އެ ސަރަހައްދުގެ ޖުމުލަ މެޖޯރިޓީ “ހަދިޔާ” ކުރާނެކަމަށް ބުނެފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެ މަންޒަރު ފެނުމުން ވާދަވެރި ކެންޑިޑޭޓުންނަށް އުނދަގޫތަކެއް ވަމުންދާކަމަށެވެ. އެހެންކަމުން ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގުމުން މުއިއްޒުއަކީ ސަލަފްގެ ކެންޑިޑޭޓެއްކަމަށް ބުނެ ވާހަކަތައް ދައްކަމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޑރ މުއިއްޒުއަކީ ދިވެހި ރައްޔިތުންގެ ކެންޑިޑޭޓުކަމަށެވެ.

އޭނާ ވިދާޅުވީ، މުއިއްޒުއަކީ ދިވެހިންގެ ކެންޑިޑޭޓުކަމަށާއި އޭނާއަކީ ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެވެސް ކެންޑިޑޭޓުކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒުއަކީ ދިވެހި ގައުމު އަނދަވަޅަކަށް ވައްޓާލުމަށް މަސައްކަތްކުރަމުންދާ ކޮންމެ މީހަކާއިވެސް ދެކޮޅަށް ނުކުމެ ހުންނެވި ކެންޑިޑޭޓުކަމަށެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ފުރަތަމަ އެރުވުނު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ ވާހަކަތައް ދައްކަމުންދިއުމާއި ގުޅިގެން ކުރެވެމުންދާ ބައެއް ސުވާލުތަކަށްވެސް އަބްދުއްރަހީމް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ މައި މަގުސަދެއްގެ ގޮތުގައި ރައީސް ޔާމީން މިނިވަންކުރުން ފާހަގަކުރަމުންދަނީ ސަބަބުތަކެއް ހުރުމާއިއެކުކަމަށެވެ. އެގޮތުން ރައީސް ޔާމީން މިނިވަންކުރަންޖެހެނީ ގައުމު އޮތް ހާލަތުގެ ސަބަބުންނާއި އެމަނިކުފާނު ފަދައިން ގައުމު ދެކެ ލޯބިވާ އިތުރު ލީޑަރަކު ފެނިފައިނުވުމުގެ ސަބަބުން އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތްތައް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނު މިނިވަންކުރަންޖެހެނީ ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރެއްވި ލީޑަރަކަށްވާތީކަމަށާއި އެމަނިކުފާނަކީ ބޭރުގެ ނުފޫޒުތަކަށް ބޯނުލެނބި ލީޑަރަށްވުމަކީވެސް މިނިވަންކުރަންޖެހޭ ސަބަބެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގެ އިގްތިސާދު ދެ ގުނަ ކުރެއްވި ރައީސްކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު މިނިވަންކުރަންޖެހެނީ އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުން އެދުނު ގޮތުގެ މަތިން ތަރައްގީ ގެނެސްދެއްވި ލީޑަރަށްވާތީކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން އާއިމެދު ފަހުރުވެރިވަނީ އެމަނިކުފާނަކީ ދިވެހި ޒުވާނުންނަށް މުސްތަގުބަލު ބިނާކޮށްދެއްވި ލީޑަރަށްވާތީކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސްދެއްވި ލީޑަރުކަމަށާއި އެމަނިކުފާނު މިނިވަންވެ ހުންނެވުމުން މުއިއްޒުގެ ވެރިކަމުގެ ކަންކަން ކުރިއަށް ގެންދިއުމުގައިވެސް ލުއިތައް ލިބިގެންދިއުމަކީވެސް އެމަނިކުފާނު މިނިވަންކުރަންވީ ސަބަބެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: