ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯތް ކޮރެއާގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ބަނޑަށް ޖެހުން އިތުރުވެއްޖެ: އދ

އދގެ ބައްދަލުވުމުގެ ތެރެއިން ވޮލްކާރ ޓާރކް ވާހަކަދައްކަވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯތު ކޮރެއާގައި އިންސާނީ ހައްގުތައް ގެއްލިފައިވާ މިންވަރު އިތުރުވަމުންދާކަމަށް ބުނެ އދއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން އދ އިން ވަނީ ނޯތުކޮރެއާގައި އިންސާނީ ހައްގުތައް ހިފެހެެއްޓިގެންދާ މިންވަރު އިތުރުވެ، އެ ގައުމުގެ ރައްޔިތުން ގޮތް ހުސްވަމުންދާ ހާލަތަށް ވެއްޓެމުންދާކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ މާލީ ހާލަތު ހީނަރުވެފައިވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އދގެ އިންސާނީ ހައްގުތަކާއި ބެހޭ މަސައްކަތްތަކުގައި އިސްކޮށް ހުންނަވާ ފަރާތެއްކަމަށްވާ ވޮލްކާރ ޓާރކް ވިދާޅުވެފައިވާގޮތުން، މީގެ ކުރިން އެ ގައުމުގެ ރައްޔިތުންވަނީ އިންތިހާއަށް މާލީ ހާލަތު ދައްވެގެންދިއުމުގެ ދަތިތައް އަދި އިންސާނީ ހައްގުތައް ނިގުޅައިގަނެފައިވުމުގެ ދަތިތަކާއިވެސް ކުރިމަތިލާފައެވެ. އެހެންނަމަވެސް މިހާރު އެ ދެ ބާވަތުގެ ގޮންޖެހުން އެއް ވަގުތެއްގައި ކުރިމަތިވެފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން ދަނީ ބިނާކޮށްފައިވާ ނުރަސްމީ ބާޒާރުތަކާއި އެހެން އެފަދަ ލުއިތައް ގެނެސްދޭ ވަސީލަތްތައްވެސް ރޫޅާލަމުންނެވެ. އަދި އެ ގައުމުގެ ސަރުކުން އާންމުންގެ ދިރިއުޅުމުގެ ކަންކަމަށް ފާރަވެރިވަމުންދާ މިންވަރުތައް އިތުރުކޮށްފައިވާކަމާއި ހައްޔަރުކުރުމުގެ ބިރުވެތިކަން އަދި ތަހުގީގުތައް ކުރުމުގެ ނަމުގައި ބަންދުކޮށްގެން ގެންގުޅުމުގެ ބިރުރިކަންވެސް ނޯތުކޮރެއާގައި އިތުރުވެފައިވާކަމަށް މައުލޫމާތު ލިބޭކަމަށް ވޮލްކާރ ޓާރކްވަނީ ވިދާޅުވެފައެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެ ގައުމުގެ ބޯޑަރު ބަންދުކުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު ޕެންޑެމިކުގެ އަސަރުތައް ކުޑަވެފައިވާއިރު އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ފުޅާވެސް ކޮށްފައިވާކަމަށާއި އެގޮތުން އދގެ މުއައްޒިފުންނަށްވެސް އެ ގައުމަށް ވަނުން އަދިވެސް މަނާކުރެވިފައިވާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. ޓާކް ވިދާޅުވީ، އެ ގައުމުގެ ސަރުކާރުންވަނީ ބޯޑަރާއި ގާތަށް އަންނަ ކޮންމެ މީހެއްގެ ގަޔަށްވެސް ބަޑިޖެހުމަށް ހުއްދަ ދީފައިކަމަށެވެ.

ނޯތުކޮރެއާގައި އިންސާނީ ހައްގުތައް ގެއްލިފައިވާ މިންވަރުގެ މިސާލެއްވެސް ޓާރކް ދެއްކެވިއެވެ. އެގޮތުން ކުޅިމަޖަލުގެ ވިސްނުންތައް އެކުލެވޭ ނުވަތަ ބޭރު ގައުމުތަކުގެ މައުލޫމާތު ހޯދައި ބަަލަމުންދާކަމަށް ސަރުކާރަށް ފާހަގަކުރެވޭ މީހުންނަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމަށް ކަނޑައެޅިފައިވާކަަށާއި އެފަދަ އެއްވެސް އާލާތެއް ފެތުރިކަމަށް ފާހަގަކުރެވޭ މީހުންނަށް އުމުރު ދުވަހުގެ ހުކުމެއް ކަނޑައަޅާފައިވާކަމަށާއި ބައެއް ހާލަތްތަކުގައި މަރުގެ އަދަބު ދިނުމަށްވެސް ކަނޑައެޅިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޯތުކޮރެއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ޓާރކްވަނީ ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ. އެގޮތުން އެ ގައުމުގެ ސަރުކާރުންވަނީ މައިގަނޑު ގޮތަކަށް އެންމެހާ ބާޒާރުތައް ބަންދުކޮށްފައިކަމަށާއި އެހެނިހެން އަމިއްލަ ވިޔަފާރިތަކާއި އާމްދަނީއެއް ހޯދޭނެ ގޮތްތައްވެސް ބަންދުކޮށްފައިވާއިރު، ބައެއް އެފަދަ ކަންކަމަކީ ޖިނާއީ ކުށްތަކުގެ ގޮތުގައިވެސް ކަނޑައަޅާ ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކަމުގެ ސަބަބުން އާއިލާ އަދި ނަފްސުގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައިވެސް އެ ގައުމުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން ބަނޑަށް ޖެހިފައިވާއިރު ބޭސްފަރުވާ ލިބިގަތުމުގެ ދަތިކަމާއިވެސް ކުރިމަތިލާންޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ. ޓާރކް ވިދާޅުވީ، އެ ގައުުމުގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަނެފައިވުމަކީ އަސްކަރިއްޔާއަށް ގައުމުގެ މައްޗަށް ބާރުވެރިވުމަށް ފުރުސަތު ދީފައި އޮތުމުގެ ނަތީޖާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: