ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ މަސްކަނޑު ދިވެހިންނަށް ލިބެން ޖެހޭ: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން ވިއްކާލާފައިވާ މަސްކަނޑު ދިވެހިންނަށް އަނބުރާ ލިބެންޖެހޭކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ަަަަަަަަަ

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގަތުމުން އައްޑޫއިން މުއިއްޒަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

މުއިއްޒު ވިދާޅުވީ އިތުބާރުކޮށް ރައްޔިތުން ފުރުސަތު ދީފިނަމަ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫއަށް ދިން ސަމާލުކަމާއި އެ ތަރައްގީ ގެނެސްދޭނެ ކަމަށެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަމަށް ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މިނިވަން ކުރެވެން އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތާއި އެކު ކަމަށެވެ.

އައްޑޫއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތައް ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ހުޅުދޫގެ ކޯލްޑް ސްޓްރޭޖް ފެސިލިޓީ ފުޅާކޮށް ފެލިވަރުގައި ހުންނަ ފަދަ ކޭނަރީއެއް ގާއިމު ކުރާނެ ކަމަށެވެ.

ސަރުކާރުން ދިވެހި މަސް ކަނޑު ވިއްކާލިިކަމުގެ ތުހުމަތު ތަކުރާރު ކުރައްވައި މުއިއްޒު ވިދާޅުވީ އެ ސިނާއަތް ފުޅާ ކުރެވެން އޮތީ މިނިވަން ގައުމެއްގެ ގޮތުގައި ކުރިޔަށް ދެވިގެން ކަމަށެވެ. އެހެންކަމުން އައްޑޫގެ އެންމެން އެކުގައި ގުޅި، އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ނަގައިދޭން މުއިއްޒު އެދިވަޑައިގަތެވެ.

ފަތުރުވެރިކަން ކުރިއަރުވަން އެންމެ މުހިންމީ، ތަފާތު ޑެސްޓިނޭޝަންތަކަށް ދަތުރު ކުރާ އެއާޕޯޓެއް އޮތުންކަމަށްވާއިރު މުއިއްޒު ވިދާޅުވީ ގޭން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ފުޅާކޮށް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: