ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ޕްރޮގްރެސިވް ކޯލިޝަނުންކަން ސާލިހު އެއްބަސްވެއްޖެ: އަބްދުއްރަހީމް

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަަނުންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެއްބަސްވެވިފައިވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމުގެ ގޮތުން ނ އަތޮޅު ހޮޅުދޫގައި ކުރިއަށް ގެންދެވި ހަރަކާތެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމްވަނީ ނޫހެއްގައި ޝާއިއުކުރެވިފައިވާ ލިއުމަކަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ވެރިކަމާއި ހަވާލުވުމަށް ތައްޔާރުވެފައިވާ ބަޔަކު މީހުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ވާހަކަތައް ދައްކަމުންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ރައީސް ސާލިހުވަނީ ސުވާލު ކުރައްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ރައީސް ސާލިހުވަނީ ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމް/ޕީއެންސީއިންކަން އެއްބަސްވެވަޑައިގެންފައިކަމަށެވެ. އެހެންކަމުން ރައީސް ސާލިހަށް އެކަމަށްޓަކައި ޝުކުރު ދަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒުއަށް ތާއީދުކުރައްވާ ރައްޔިތުން ކުރައްވަން އޮތް މަސައްކަތަކީ އޭނާއަށް އިތުރު ވޯޓުތައް ހޯއްދަވައިދެއްވުމުގެ މަސައްކްތްތައްކަމަށާއި ވާދަވެރިންވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންއަށް މި އިންތިހާބު ބޮޑުތަނުން ކާމިޔާބުވާނެކަން ގަބޫލުކޮށްފައިކަމަށް އޭނާ ފާހަގަަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންތިހާބު ކާމިޔާބުކުރާއިރު، ވާދަވެރިން ލަދު ގަންނަ ވަރުގެ ނާކާމިޔާބީއެއް ލިބިގެންދާ ވަރު ކުރަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، މާދަމާ ވެރިކަމާއި ހަވާލުވާން ތިބި ބަޔަކު ރާއްޖޭގައި އިންޑިއާ ސިފައިންތިބިކަމަށް ބުނެ ދޮގު ހަދަން ނުވާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގެ ލީޑަރޝިޕުން އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ދޮގު ވާހަކަތަކެއް ނުދައްކާކަމަށާއި އެކަމާއި ބަހުސްކުރެއްވުމަށް ރިޔާސީ ބަހުސްއަށް ވަޑައިގަންނަވަން ދައުވަތު އަރުއްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގެން ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަން ސާބުކޮށްދިނުމަށް ގޮވާލައްވާކަމަށެވެ. އޭނާ ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަނުކުރެވޭ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕަށް އެ މައުލޫމާތުތައް ނުދިންނަމަވެސް ގާނޫނުގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައްކަން ޖޭހެނެކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން އެކަމުގެ ސަބަބުން ބުރަތަކެއް އުފުއްލަންޖެހޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަންވާނީ މަޖިލީހުގެ ރުހުން ލިބިގެންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށާއި އެހެންންމަވެސް ރައީސް ސާލިހުގެ ސަރުކާރުންދަނީ ދުވާލަކު އެއްބަސްވުމެއްގައި ސޮއިކޮށް ފޮރުވަމުންކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސޮއިކުރަމުންދާ އެއްބަސްވުންތައް އެއްވެސް ބަޔަކަށް ނުދައްކާކަމަށާއި އެހެންނަމަވެސް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި ހާމަކަން ހުރިކަމަށް ބުނާ މިންވަރަށް ހުރި ނަމަ އެއްބަސްވުންތައް ނުދައްކަނީ ކޮން ސަބަބެއް މެދުވެރިވެގެންކަމާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އަމިއްލަފުޅަށް ބަލި ގަބޫލުކުރައްވާފައިވާކަމަށްވުމުން ދެން އެންމެ ރަނގަޅުވާނީ އިންތިހާބުން ނަން އަނބުރާ ގެންދެވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: