ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ދަނީ ރަށްތަކަށް ގޮސް އެމްޑީޕީގެ މެމްބަރުންގެ ވޯޓު ގަންނަމުން: ވައްޑެ

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންގެ ވޯޓުތައް ގަންނަމުންދާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އޯޝަންޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހަލާކުކޮށް ނުލެވުނު ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހުވަނީ އެ ޕާޓީ އެއްކޮށް ބަދަނުމާކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި 17 އަހަރު ހުންނެވީ ވަކި ޑިސިޕްލިންއެއްގެ މަތީގައިކަމަށެވެ. އެހެންނަމަވެސް މިއަދު ވޯޓަކީ ވަޒީފާ ދީގެންނާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މެދުވެރިކޮށް ގެނެވިއްކާ އެއްޗެއްކަމަށް ހަދައި ރާއްޖޭގައި ވޯޓަކީ ވިޔަފާރި އުސޫލުން ދޭ އެއްޗަކަށް ހަދާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ވޯޓު ގަތުމަށް ބޭނުން ކުރާ ފައިސާއަކީ ރައްޔިތުންގެ މާލިއްޔާތުން ނަގާފައިވާ ފައިސާކަމަށެވެ. ވަހީދު ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރު ރައީސް ސާލިހު ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުގެ ވޯޓު ގަތުމުގެ މަސައްކަތްކުރައްވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ފެނަކަ ކުންފުނީގެ އުނިފޯމުގައި ތިބޭ މުއައްޒިފުންވެސް ބައިވެރިވާކަމަށެވެ.

އޭނާ ވިދާޅުވީ، އާރްޑީސީގެ މުއައްޒިފުންވެސް ރަސްމީ މަސައްކަތު ގަޑީގައި އުނިފޯމުގައި ހުރެ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާކަމަށާއި އެހެންނަމަވެސް އެ އެންމެނަކީވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، ދައުލަތުގެ ރަސްމީ ލޯންޗު ފަދަ ތަކެތިވެސް އެމްޑީޕީގެ ކެމްޕެއިންގެ ތެރޭގައި ބޭނުންކުރަމުންދާކަން ފާހަގަކުރެއްވޭކަމަށެވެ.

ވަހީދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިންގެ ތެރޭގައި ރައީސް ސާލިހު ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ މަސްއޫލިއްޔަތުތައްވެސް އަދާކުރައްވާކަމަށެވެ. އެގޮތުން އެކި މަޝްރޫއުތައް ފެށުމާއި ނިންމައި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށާއި ދައުލަތުގެ މުޅި ނިޒާމު ރައީސް ސާލިހުގެ ކެމްޕެއިން މަގުސަދަށް ބޭނުންކުރަމުންދާކަމަށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އޭގެ އިތުރުން އެހެނިހެން ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އެޅުމުގެ އަމަލުތައްވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޝުއޫރު ފާޅުކުރާ މީހުން ހުއްޓުވުމާއި ދަމާފައިވާ ބެނާ ފަދަ ތަކެތި ނަގާލުން ފަދަ އަމަލުތައް ހިންގާކަމަށް ވަހީދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ރަށްތަކަށް ވަޑައިގަންނަވަނީ އެ ރަށެއްގެ ”އާބާދީއާއި“ އެއް ނިސްބަތަކަށް ފުލުހުންގެ ފައުޖުތައް ގޮވައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: