ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހުއްޓިދާނެކަމަށް ބުނާތީ މުއިއްޒުގެ ރައްދު؛ މަސައްކަތް ނިންމާނީ މާ ފުރިހަމަކޮށް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ސަރުކާރެއް އުފެދިއްޖެ ނަމަ، މަޝްރޫއުތައް ހުއްޓުމަކަށް އައިސްދާނެކަމަށް ބުނެ ސަރުކާރުން ދައްކަމުން ގެންދާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި، މަޝްރޫއުތައް ކުރިޔަށް ގެންގޮސް ނިންމާލާނީ މާ ފުރިހަމަކޮށްކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް މިވަގުތު އަތޮޅުތޭގައި ހުންނެވި ޑރ. މުއިއްޒު ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްތުންނަށް ދެއްވީ ޝަކުވާތަކާއި، ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަމެވެ.

އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމަށްވުމާއި އެކު، މުއިއްޒު ވިދާޅުވީ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލު ނުކުރެވިދާނެކަމަށެވެ. އެހެންވެ ރަށްތަކުގެ ބައްދަލުވުމުގައި ވެސް މުޅި ރާއްޖެއަށް އެކުލަވާލާފައިވާ މެނިފެސްޓޯއަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުއްވަން ޖެހޭކަން މުއިއްޒު ފާހާގަ ކުރި އެވެ.

މިރޭ މުއިއްޒު އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރީ ވިއްސާރަ ދުވަހެއްގައި ވެސް ބަނދަރު ސަރަހައްދަށް ނިކުމެ އެތައް ސަތޭކަ ބައެއްގެ ނިކުމެ ކިޔާފައިވާ ހޫނު މަރުހަބާއަށެވެ. އާންމުންގެ ފަރާތުން ފެނުނު ރޫހުން ސާފުވީ އެއްކަމަކީ މުއިއްޒު ވިދާޅުވި ގޮތުގައި ދެވަނަ ބުރަކަށް ނުގޮސް މިކަން ނިންމާލުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރާއި ނަތީޖާ ނުނެރުވުނު ބައެއްގެ ބަދަލުގައި ނަތީޖާ ނެރެ އަމަލުން އެކަން ދެއްކި ބަޔަކަށް ދެވަަނަ ފުރުސަތު ދިނުމަށެވެ.

ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެކަމުގެ ޔަގީންކަމާއި އެކު މުއިއްޒު މިސާލު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުންނެވެ. ރާއްޖޭގެ އިގްތިސާދު އޮތީ އިންތީހާ ދަށް ހާލަތުގައިކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ހައްލު އެނގޭނީ އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރުމަށް ބޭނުންވާ ބަޔަކަށް ކަމަށެވެ.

އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއް ދޭ މަސްވެރިކަމާއި، ފަތުރުވެރިކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭއިރު އެ ނޫން ވެސް ދާއިރާތައް ކުރިއަރުވައި އާމްދަނީ ލިބޭނެ ވަސީލަތްތައް އިތުރު ކުރަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިގްތިސާދު ކުރިއަރުވަން، އެނގޭނީ އެކަމުގެ ތަޖުރިބާ ހުރި ބަޔަކަށް

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ އެތައް ޝަކުވާތަކެއް ދުވާފަރުން ވެސް ލިބިފައިވާއިރު އެ ސިޔާސަތުގެ ވާހަކަ ކޮންމެ ރެއަކު ތަކުރާރުކޮށް ދައްކަން ޖެހެނީ އިޖްތިމާއީ މައްސަލަތައް އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ އެއީތީ އެވެ. އެހެންކަމުން ދުވާފަރު ރައްޔިތުން އެދޭ ގޮތަށް އެކުލަވާލާ ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ގެދޮރާއި، ރޯ ހައުސްގެ ޕްލޭނަށް ހުޅުވާލާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަތޮޅުތެރެއަށް ގެންނަން ޖެހޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުރިއިރު، މުއިއްޒު ތަކުރާރު ވިދާޅުވީ މިކަން ކުރެވޭނެކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އަދި ގެދޮރު ބޭނުންވާ އެންމެނަށް ގެދޮރުގެ ހާއްސަ ސިޔާސަތުތަކާއި، ލޯނިން ސްކީމުތައް ބޭނުންވާއިރު ރަނގަޅަށް އަތުރާލެވިފައިވާ ޕްލޭނަކާއި އެކު އެ ސިޔާސަތު ތަންފީޒު ކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކަށް ސަރުކާރުންވެފައިވާ އިހުމާލުތައް ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވައުދުތައް ވެފައި ވަނީ، އެ ތަންފީޒު ކުރާނެ ގޮތެއް ނޭނގި ތިބެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ރަށްތަކަށް ތަރައްގީ ގެނައުމުގައި، ބައެއް ރަށްތައް ބާކިކޮށް އެ އަތޮޅުގެ އެހެން ރަށްތަކަށް ސަމާލުކަން ދޭތީ އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ތަރައްގީ ގެނައުމުގައި، ތަރުތީބު އޮޅުވާލުންކަމަށް ވާތީ އެވެ. ހުރިހާ ރަށްތަކަށް ވެސް ހަމަހަމަ އުސޫލުން ޕްރޮޖެކްޓުތައް ގެންނައިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ހޯދައި އެއާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: