ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަބޯންގައި ބަގާވާތަކުން ވެރިކަން ވައްޓާލި މޭސްތިރިޔާ ވަގުތީގޮތުން ވެރިކަމާއި ހަވާލުވެއްޖެ!

ވަގުތީ ގޮތުން ގަބޯންގެ ވެރިކަމާއި ހަވާލުވި ބްރައިސް އޮލިގުއި އެންގޭމާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްރިކާ ބައްރުގެ ގައުމެއްކަމަށްވާ ގަބޯންގެ ވެރިކަން ވައްޓާލި ގެނެރަލް ބްރައިސް އޮލިގުއި އެންގޭމާ އެ ގައުމުގެ ވަގުތީ ރައީސްކަމުގެ މަގާމަށް ހުވާކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން،. ގެނެރަލް ބަރައިސް އަކީ އެ ގައުމުގައި ކުރެވެމުންދިޔަ 55 އަހަރުގެ އާއިލީ ވެރިކަން ބަގާވާތަކުން ނިމުމަކަށް ގެނައި މީހާއެވެ. އަދި އޭނާ ވަނީ ވަގުތީގޮތުން ވެރިކަމާއި ހަވާލުވެފައިކަމަށާއި ކުރިއަށް އޮތް އިންތިހާބަކީ މިނިވަން އަދި ދެފުށްފެންނަ އިތުބާރު ހިފޭ އިންތިހާބަކަށް ވެގެންދާނެކަމަށް ބުނެފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އޭނާ ބުނެފައިވާގޮތުން، ކުރިއަށް އޮތް އިންތިހާބަކީ ގަބޯންގައި ރައްޔިތުންގެ ބާރުވެރިކަން އާލާކުރުވާނެ އިންތިހާބެކެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އޭނާވަނީ ސިޔާސީ ގޮތުން ހައްޔަރުކުރެވިފައިވާ މީހުންނަށް ރަސްމީ ގޮތުން މާފުދިނުމަށް ވައުދުވެފައެވެ. އަދި އެ ބަގާވާތުގެ ސަބަބުން ވަކި ބައެއް މޮޅުވާނެ ގޮތަށް އިންތިޒާމުކޮށްފައިވާ އިންތިހާބަކަށްފަހު އުފެދިގެންދާނެ ރުޅިވެރިކަމާއި ލޭ އޮހޮރުވުންތަކުން ގައުމު ސަލާމަތްކުރެވިފައިވާކަމަށް ދެކޭކަމަށް އޭނާ ހާމަކުރިކަމަށްވެސް ބުނެފައިވެއެވެ. ގަބޯންގެ ކުރީގެ ރައީސްވަނީ މި މައްސަލައިގައި އެކުވެރި ގައުމުތަކުގެ އެހީއަށް އެދިފައިކަންވެސް ފާހަގަކުރެވެއެވެ.

ގަބޯންގައި ހިންގި ބަގާވާތުގެ އިސް މޭސްތިރިއަކީ މިހާރު ރައީސްކަމަށް ހުވާކޮށްފައިވާ ބްރައިސް އޮލިގުއިއެވެ. އޭނާވަނީ ކުރީގެ ރައީސް ހައްޔަރުކުރުމަށް އެ ގައުމުގެ ސިފައިނާއިއެކު އިސްވެ ހަރަކާތްތެރިވެފައެވެ. އެ ގައުމުގެ ކުރީގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއަކީ 1967 ވަނަ އަހަރުން ފެށިގެން ތެލުގެ މުއްސަނދިކަމަށް މަޝްހޫރު ގަބޯންގައި ވެރިކަން ކުރަމުން އައި އާއިލާގެ މެމްބަރެކެވެ.

ބްރައިސް ބުނެފައިވާގޮތުން، ކުރިއަށް އޮތްތާނގައި ބާއްވާނެ އިންތިހާބަކި އެ ގައުމުގެ ރައްޔިތުންނާއި ބާރުވެރިކަން ހަވާލުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.  އަދި އެ ގައުމުގެ އެންމެހާ ޖަމިއްޔާ ޖަމާއަތްތަކުން އައު ގާނޫނުއަސާސީއެއް ފަރުމާކުރުމަށް އެހީތެރިވެދިނުމަށް އެދިފައިވާކަމަށާއި އެ ގާނޫނޫއަސާސީ އަށް އަމަލުކުރުމާއިމެދު އާންމުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: