ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތުން ވެރިކަން ބަދަލުކުރި ގަބޯންގައި ދެ އަހަރު ތެރޭގައި އިންތިހާބެއް ބާއްވާނެ!

ގަބޯންގެ ވަގުތީ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޣާވާތަކުން ވެރިކަން ބަދަލުވެފައިވާ އެފްރިކާ ބައްރުގެ ގައުމެއްކަމަށްވާ ގަބޯންގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާނެކަމަށް އަލަށް އައްޔަނުކޮށްފައިވާ އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ގަބޯންގެ ވެރިއެއްގެ ގޮތުގައި ހުންނެވި އަލީ ބޮންގޯ ވެރިކަމުން ދުރުމަށްފަހު ވެރިކަމާއި ހަވާލުވި މީހުންވަނީ އިންތިހާބެއް ބާއްވާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް އެކަމުގެ ތާވަލެއް ހިއްސާކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އަލަށް ގަބޯންގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ރޭމަންޑް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭނެކަމަށް އޭނާވާނީ ލިޔެކިއުމުން ދަންނަވާފައިކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަމަށް ބޭނުންވާ ތާވަލެއް އެކުލަވާލާނެކަމަށް ވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

ރޭމަންޑް ސީމާ އަކީ ކުރީގެ ސަރުކާރު ބަދަލުކުރުމަށްފަހު ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަގާމާއި ހަވާލުވި މީހާއެވެ. އެގައުމުގެ ރައީސްގެ މަގާމާއި ހަވާލުވީ ބަގާވާތުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ބްރައިސް އޮލިގުއި އެންގޭމާއެވެ. އޭނާގެ ކުރިއަށް ގަބޯންގެ ވެރިއެއްގެ މަގާމުގައި ހުންނެވި އަލީ ބޮންގޯއަކީ 2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި މީހާކަމަށްވާއިރު، އަލީ ބޮންގޯގެ ކުރިން އޭނާގެ ބައްޕަވަނީ އެ ގައުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ވެރިކަން ކޯށްފައިކަން ފާހަގަކޮށްލެވެއެވެ
ގަބޯންގެ ވެރިކަން ބަދަލުވީ ބަގާވާތަކުން ނަމަވެސް، އެ ގައުމުގެ ރައްޔިތުން އައިސްފައިވާ ބަދަލު ބަލައިގަންނަކަމަށާއި އެންގޭމާއަށް މަރުހަބާ ކިޔުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަމަށްވެސް ބުނެފައިވެއެވެ. ރޭމަންޑް ސީމާވެސް ވަނީ އެ މައުޟޫއާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން އެ ގައުުމުގެ އަސްކަރިއްޔާއިންވަނީ ރައްޔިތުންނަށް އަނިޔާ ދިނުމަށް ދެކޮޅު ހަދާފައިކަމަށާއި އަދި އެ ގައުމުގެ ވެރިކަމަށް ދެން އަންނަ ބަޔަކު ގެ ކަންކަން  ބަލަމުންދާނެކަމަށްވެސް ބުނެފައިވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: