ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރބަންކޯއިން ކޮންޓެއިނަރ ޕާރކްގެކޯ ވޮރކިންގ ސްޕޭސް ހުޅުވައިފި!

ފޮޓޯ: އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރބަންކޯއިން ކޮންޓެއިނަރ ޕާރކްގެ ކޯ ވޮރކިންގ ސްޕޭސް ރަސްމީކޮށް ހުޅުވައިފިއެވެ.

ކޮންޓެއިނަރ ޕާރކް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ކޮންޓެއިނަރ ޕާކް އަކީ، ހުޅުމާލެ ޒަމާނީ “އަރބަން” ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އަރބަންކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެގޮތުން މި ކޮންޓެއިނަރ ޕާކަކީ ޒަމާނީ އަދި “އާޓިސްޓިކް” ޕްލޭނެއްގެ ދަށުން، ހުޅުމާލެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

މިއަދު ކޯ ވޮރކިންގް ސްޕޭސް ހުޅުވައިފައިވާިއރު، ވަރަށް އަވަސް މުސްތަގްބަލެއްގައި އެތަނުގައި ޓޭކްއަވޭ ކެފޭ އަކާއި، ފާސްޓް ފުޑް އައުޓްލެޓް އަދި މީޓިން ރޫމެއް ހެދި، އެ ސަރަހައްދުގެ އޯޕަން އޭރިއާ އާންމުންނަށް އެއްވެ އުޅެވޭ ޕާކެއްގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށް އާބަންކޯއިން މައުލޫމާތުދެއެވެ. ހަމަ އެހެންމެ އެ ކޯ ވޮރކިންގ ސްޕޭސް މެދުވެރިކޮށް ހުޅުމާލޭގައި އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށާއި، އެފަދަ ފުރުސަތުތައް ބޭނުންވާ މީހުންނާއި، ގްރޫޕްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކޯ ވޮރކިންގ ސްޕޭސް ފަރަތަމަ މަހުގައި ހިލޭ ހުޅުވާލާނެ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ. އެ ސްޕޭސް އަށް އޮންލައިން ޕޯރޓަލްއެއް މެދުވެރިކޮށް ބުކްކޮށްލެވޭނެ ގޮތްވެސް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ކޯ ވޮރކިންގ ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 އަކުން އިރުއޮއްސި  6އެއްގެ ނިޔަލަށް ހުޅުވާފައިހުންނާނެ ކަމަސް އާބަންކޯއިން މައުލޫމާތުއެވެެ.

އެ ކޮންޓެއިނަރ ޕާކުގެ މައިގަނޑު މަގްސަދަކީ ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިންގ މާހައުލެއް ބިނާކުރުން ކަމުގައި އާބަންކޯއިން ބުނެއެވެ. އަދި މީގެއިތުރުން އާޓިސްޓުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ފަދަ ހަބެއް ތައްޔާރުކޮށް އެ ޕާކް މެދުވެރިކޮށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް އާބަންކޯއިން ބުނެއެވެ.

އަރބަންކޯއިން ދަނީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް މުޖަތަމައުއަށް ފައިދާކުރުވަނިވި ކަންތައްތައް ވީހާވެސް ގިނައިން ކުރިއަށް ގެންދަމުންނެވެ. އަދި އާބަންކޯގެ އަމާޒަކީ ހުޅުމާލެ އާބަން ސިޓީއަކަށް ބަދަލުކުރުމާއިއެކު ރައްޔިތުންނަށް ފަސޭހަ ކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ބިނާކުރުން ކަމަށް އާބަންކޯއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: