ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ހުކުމެއް!

އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހިޔާނާތުގެ މައްސަލައިގައި މިހާރު ވެސް އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންސަވާ ޒިޔަތުގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ ދައުލަތުގެ ކުންފުނިތަކުން އެކި ބޭނުންތަކަށް އެމްއެމްޕީއާރުސީއަށް 2014 ވަނަ އަހަރު ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަށް ދޫކޮށް އެއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު ކުރެވޭތީ އެވެ. ޒިޔަތުގެ މައްޗަށް އުފުލި ދައުވާގައި ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ގަތުމަށް ދޫކުރި ގިނަ އަދަދެއްގެ ފައިސާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އެމްއެމްޕީއާރުސީއަށް ދޫކުރި ގިނަ އަދަދެއްގެ ފައިސާ އެހެން ކުންފުނިތަކަށް ޒިޔަތު ދޫކޮށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

މި މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ ޒިޔަތު ކުށަށް އިއުތިރާފުވެ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޮންމެ ދައުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވަން އެއްބަސްވެފައިވާއިރު ހިޔާނާތުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް އެހީވުމަށް ވެސް އެއްބަސްވެފައިވާކަމަށް ދައުލަތުން ބުންޏެވެ.

ޒިޔަތު ވެސް ޝަރީއަތުގައި ބުނީ ދައުވާތަކަށް އިއުތިރާފުވާކަމަށެވެ. އަދި އެ ސަބަބާ ހުރެ ވަކީލެއްގެ އެހީ ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: