ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކުން ފައިސާއެއް ނުބަހާނެ: ރައީސް ސާލިހު

ރައީސް ސާލިހު ގއ ނިލަންދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބާއި ދިމާކޮށް އެމްޑީޕީއިން ފައިސާ ބަހަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ދޮގުކުރައްވައިފިއެވެ.

ވޯޓުލާ މަރުކަޒަށް ވަޑައިގެން ވޯޓު އެޅުއްވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސްވަނީ ކުރެވެމުންދާ ތުހުމަތުތަކާއި މެދު ވާހަކަދައްކަވާފައެވެ. އެގޮތުން އެމްޑީޕީއިން އެފަދަ އެއްވެސް އަމަލެއް ނުހިންގާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2023ގެ އިންތިހާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ އެއް އިންތިހާބުކަމަށެވެ. އަދި އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންނަށް މިނިވަން ކެމްޕެއިންތަކެއް ހިންގަވަން ފުރުސަތު ލިބިވަޑައިގެންނެވިކަމަށާއި ވޯޓުގެ ކަންކަންވެސް ކުރިއަށް ދަނީ ހަމަޖެހުންތަކެއް ނެތިކަމަށް ފާހަގަކުރެއްވިއެވެ. އެމެނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީގައި ލިބިދީފައިވާ ވޯޓުލުމުގެ ހައްގު އެންމެހާ ރައްޔިތުންވެސް ފުރިހަމައަށް އަދާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނާއި ޕާޓީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ރައީސް ދޮގުކުރެއްވިއިރު، ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ތިބި މީހުން އެކި މީހުންނާއިއެކު ފައިސާގެ މުއާމަލާތްތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވެއެވެ. އަދި އެމްޑީޕީއިން ސޮފްޓްވެއަރއެއް ފަރުމާކޮށްގެން އެކަން ކުރަމުންދާކަމަށް ބުނެ ތުހުމަތުތައް ކުރެވިފައިވާކަން ފާހަގަކުރެވޭއިރު، ވާދަވެރި ޕާޓީތަކުން އިންތިހާބުގެ އިންސާފުވެރިކަމާއިމެދު ސުވާލު އުފައްދަވާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: