ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު އަޅުގަނޑު ބޭނުމެއް ނުވާނެ: ރައީސް ނަޝީދު

ރައީސް ސާލިހުއާއި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޓީމުން އެމަނިކުފާނު ބޭނުން ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ސާލިހުގެ ޓީމު މާ ގަދަވާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނު ބޭނުން ނުވާނެކަމަށާއި އެކަން އަދިވެސް ނޭނގޭތޯވެސް ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ. އެމަނިކުފާނުގެ މި ފަދައިން ވިދާޅުވީ، ރައީސް ސާލިހަށް ތާއީދުކުރައްވާ އެކްޓިވިސްޓަކު އެމަނިކުފާނާއި ރައީސް އެކުގައި ހުންނެވި ފޮޓޯއަކަށް ކުރެއްވި ކޮމެންޓެއްގައެވެ.

 

ރައީސް ސާލިހާއި ގުޅިވަޑައިގަންނަވަން ފުރުސަތެއް ނެތްކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއިރު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެމްޑީޕީ އާއި ވަކިވި މެމްބަރުތަކެއް އުފައްދާފައިވާ ދަ ޑިމޮކްރެޓްސްއިންވަނީ އިންތިހާބުގައި ވާދަކޮށްފައެވެ. އެ ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބަޑައިގެންނެވީ 15،000 އާއި ގާތްކުރާ އަދަދެއްގެ ވޯޓެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: