ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރޮކޯއަށް ބާރުގަދަ ބިންހެލުމެއް އައިސްފި!

މޮރޮކޯއަށް ބިންހެލުމެއް އައިސް މީހުން މަގުތައް މަތީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.

ބޭރު ގައުމުތަކުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، “ހައި އެޓްލަސް މައުންޓަންސް” ގެ ނަމުން ނަން ދެވިފައިވާ މޮރޮކޯގެ ފަރުބަދަ މަތީ ސަރަހައްދަކަށް އައި ބިން ހެލުމުގެ ސަބަބުން މަދުވެގެން 2000 މީހުންގެ ފުރާނަ ގެއްލިފައިވާކަން ކަށަވަރުވެއެވެ. އަދި ދިރިތިބި މީހުންނާއި ހާނިކަތައް ލިބިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، އެ އަދަދުތަކަށް ބަދަލުތައް އައުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

6.8 މެގްނިޓިއުޑްގެ ބި ބިން ހެލުމަކީ ވޭތުވެދިޔަ 120 އަހަރުގެ ތެރޭގައި އެ ގައުމަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. މި ހާދިސާގެ ތެރެއިން މީހުން މަރުވެފައިވަނީ ހާދިސާގެ ސަބަބުން އެންމެ ބޮޑެތި އަސަރުތައް ކުރި ސަރަހައްދުންނާއި ވަށައިގެންވާ ފަސް އަވަށަކުންނެވެ. މޮރޮކޯގެ އިންޓީރިއަރ މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން 2000 އަށްވުރެ ގިނަ އަދަދެއްގެ މީހުން މަރުވުމުގެ އިތުރުން  2059 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި ހާލު ދެރަވުމުގެ ސަބަބުން 1404 މީހަކަށް ފަރުވާދެމުންދާކަމަށެވެ. ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން، މިހާރު ހުރި އަދަދުތައް އިތުރުވެގެންދާނެކަން ކަށަވަރުވެއެވެ.

މީހުންނަށް އެހީ ފޯރުވުމުގެ ގޮތުން ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް، ފަރުބަދައިން ގާނޑުތައް ފޭބުމުގެ ސަބަބުންނާއި އެ ތަކެތީގެ ސަބަބުން މަގުތައް ބަންދުވެފައިވުމުގެ ސަބަބުން، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރިކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.

ބައިނައްލަގުވާމީ ސިއްހަތާއި ބެހޭ މުއައްސަސާކަމަށްވާ ޑަބްލިއުއެޗްއޯ އިްނ ބުނެފައިވާގޮތުން މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން 300،000 އަށް ވުރެެ ގިނަ އަދަދެއްގެ މީހުންނަށް އެކި ވަރުގެ ނޭދެވޭ އަސަރުތައް ކޮށްފައިވެއެވެ. މޮރޮކޯގެ ސަރުކާރުންވަނީ ހާދިސާގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ނިޔާވެފައިވުމާއިއެކު ހިތާމަ ފާޅުކުރުމުގެ ގޮތުން ތިން ދުވަހު ބައި ދަނޑިއަށް ތިރިކުރުމަށް ނިންމާފައެވެ. އެ ގައުމުގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ލުއިތައް ގެނެސްދިނުމުގެ ގޮތުން ފެނާއި ކާބޯތަކެތި ފޯރުކޯށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. މި ހާދިސާގެ ތެރެއިން މޮރޮކޯގައި ހުންނަ މުހިންމު އިމާރާތްތަކަށް ގެއްލުންތައް ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: