ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނަށް އައި ބިންހެލުންތަކެއްގައި ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ 

ބިންހެލުން އައި ސަރަހައްދު 
ބިންހެލުން އައި ސަރަހައްދު 
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނަށް އައި ބިންހެލުންތަކެއްގައި ބަޔަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު އައި ބިންހެލުންތަކުގައި ފަސް މީހަކު މަރުވިކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އަދި 44 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދެމުން އެބަގެންދެއެވެ.

އީރާންގެ ދެކުނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު ލިންކާއަށް ހަތަރު ބިންހެލުމެއް މިއަދު އައިސްފައިވެއެވެ. އޭގެތެރެއިން އެންމެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ 6.1 މެގްނެޓިއުޑްގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ. ނަމަވެސް ޔޫރަޕިއަން މެޑިޓަރޭނިއަމް ސެސްމޮލޮޖިކަލް ސެންޓަރުން ބުނާ ގޮތުގައި އީރާނަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 6.2 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

ބިންހެލުންތަކުގެ ސަބަބުން ބަންދަރު ލިންކާގެ 12 އަވަށެއްގެ އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސަޔެހޯޝް ނަމަކަށް ކިޔާ އަވަށުގެ އިމާރާތްތަކަށެވެ. އެއަވަށުގެ ވަރަށް ގިނަ އިމާރާތްތައް ވަނީ ބިމާއި ހަމަވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން ފަސް އަވަށަކުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ.

އީރާންގެ ރެޑްކްރޮސެންޓުން ބުނީ ބިންހެލުން އައި ސަރަހައްދަށް އެހީތެރިވުމަށް މިހާރު ޓީމްތައް ފޮނުވާފައިވާ ކަމަށެވެ. ބިންހެލުންތަކުގެ ސަބަބުން އިމާރާތްތަކެއް ވެސް ވެއްޓިފައި ވާތީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރެޑްކްރޮސެންޓުން ބުނެއެވެ.

އީރާނަށް އައި ބިންހެލުންތަކުގެ ލޮޅުން ބައެއް އަވައްޓެރި ގައުމުތަކަށް ވެސް ވަނީ އިހްސާސް ކުރެވިފައެވެ. އެގޮތުން ޔުނައިޓެޑް އަރަބި އެމިރޭޓްސް، ބަހްރޭން، ސައުދީ އަރަބިއްޔާ، އޮމާން، ޕާކިސްތާން، ގަތަރު އަދި އަފްޣާނިސްތާނަށް ވެސް ވަނީ ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވިފައެވެ. ނަމަވެސް އެއިން ގައުމަކަށް ބިންހެލުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: