ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރާގުގައި ހުރި އެމެރިކާގެ އެމްބަސީއަށް ދިން ހަމަލާތަކާއި ގުޅިގެން މުއައްޒަފުންގެ ސިކުނޑީގެ ހާލަތު ދެނެގަންނަނީ

ހޫތީ ހަނގުރާމަވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިރާނުގެ އެއްބާރުލުން ލިބިފައިވާ ހަނގުރާމަވެރި ޖަމާއަތަކުން އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަކަށް މިސައިލް ހަމަލާތަކެއް ދީފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، އިރާނަށް ނިސްބަތްވާ ޖަމާއަތަކުން އިރާގުގައި ހުރި އެމެރިކާގެ އެމްބަސީއަކަށް ހަމަލާދިނުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެންމެ ފަހުން ފެންމަތިވެފައިވާ މައްސަލައެވެ. މީޑިއާތަކުން ބުނާގޮތުން ހަނގުރާމަވެރިން ވަނީ ބެލިސްޓިކް މިސައިލާއި ރޮކެޓު ބޭނުންކޮށްގެން އިރާގުގެ ހުޅަނގުގައި ހުންނަ އަލް އައްސަދު އެއަރބޭސް އަށް ހަމަލާދީފައެވެ.

މީޑިއާތަކުން ބުނާގޮތުން، ހަނގުރާމަވެރިން ފޮނުވާލި ގިނަ މިސައިލްތަކާއި ރޮކެޓުތައް އިރާގުގެ އެއަރ ޑިފެންސް ސިސްޓަމުން މަތަކުރިކަމަަށާއި މިއީ އެމެރިކާއިންވެސް ބޭނުންކުރާ ދިފާއީ ނިޒާމުކަމަށްވާއިރު، ބައެއް ރޮކެޓުތައް އިމާރާތަށް އެރިކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާއިން ބުނެފައިވާގޮތުން، މިސައިލް ހަމަލާއާއި ގުޅިގެން މުއައްޒަފުންގެ ސިއްހީ ހާލަތު ދެނެގަނެ ގުޑުންތަކުގެ ސަބަބުން ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތްތައް ކުރމަުންދާކަމަށާާއި، ޔަގީނުންވެސް އިރާގުގެ އެކަކަށް ޒަހަމްތައް ލިބިފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.

އެ ގައުމުން ބުނެފައިވާގޮތުން މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިގެންދިޔަ ހަނގުރާމައަށްފަހު އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަށް ދީފައިވާ 140 އަށްވުރެ ގިނަ ހަމަލާގެ ތެރެއިން އެންމެ ވަރުގަދަ ހަމަލާއެވެ. އަދި ރެޑްސީ ސަރަހައްދުގައި ހޫތީ ހަނގުރާމަވެރިން މުދާ އުފުލާ ބޯޓުތަކަށް ދެމުންދާ ހަމަލާތަކާއި ފަލަސްތީނުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަައާއި ގުޅިފައިވާކަމަށް ގަބޫލުކުރާކަމަށް ހިއްސާކޮށްފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އިރާގާއި ސީރިއާގައި ދެމުންދާ ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދަނީ އިރާނުން އުފައްދާ ޑްރޯންއާއި ރޮކެޓުކަމަށާއި އެހެންނަމެސް އެންމެ ފަހުގެ މި ހަމަލާގެ ތެރޭގައި މަދު ފަހަރެއްގައި ނޫނީ ބޭނުން ނުކުރާ ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވުމުން އިތުރަށް މައްސަލަ ގޯސް ވަމުން އަންނަކަމަށް ފެނިގެންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނިމި ދިޔަ ހަފްތާގަ އެމެރިކާ ސިފައިންގެ ނޭވީ ސީލް 2 ސިފައިން މަރާލި ޔަމަނުގެ ހަމަލާއެއްގަ މިކަން ފާހަގަ ނުކުރާނަންތޯ!!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: