ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއާއި އިނގިރޭސިން ގުޅިގެން ޔަމަނުގެ ހޫތީންނަށް ހަމަލާ ދީފި!

އެމެރިކާގެ ވައިގެ އަސްކަރިއްޔާ: ފޮޓޯ / ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޔަމަނުގައި ތިބި ހޫތީންނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މީޑިއާތަކުން ބުނާގޮތުން، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އެމެރިކާ އަދި އިސްރާއީލުގެ މަސްލަހަތު ހިމެނޭ ކަނޑު އުޅަނދުތަކަށް ދެމުންދާ ހަމަލާތަކަށް ޖަވާބެއް ދިނުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން ދީފަިއވާ ހަމަލާތަކުގައި 30 އަށްވުރެ ގިނަ ވަކި އަމާޒުތަކަކަށް ހަމަލާދީފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ ކަނޑާއި ވައިގެ ޒަރިއްޔާއިންކަމަށްވާއިރު، މަނަވަރާއި ފައިޓާރޖެޓު ބޭނުންކޮށްފައިވެއެވެ. އަދި މިއީ އިރާގާއި ސީރިއާގައި ތިބި އީރާނު ތާއީދު އޮތް ހަނގުރާމަވެރިންތަކަކަށް ވައިގެ ހަމަލާއެއް ދިނުމަށްފަހު ކުރި މަސައްކަތްތައްކަމަށްވެސް ހިއްސާކޮށްފައިވެއެވެ. ސީރިއާ އަދި އީރާނުގައި ތިބި ހަނގުރާމަވެރިންތަކަކަށް އެމެރިކާއިން ހަމަލާ ދިނީ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއެއްގައި އެ ގައުމުގެ ސިފައިންތަކެއް މަރުވުމާއިއެކުއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިން ބުނެފައިވާގޮތުން، މިހާރު އެ ގައުމުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ހޫތީން ދެމުންދާ ހަމަލާތަކަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިގެންދާނެކަން ސާފުވެފައިވާނެކަމަށެވެ.

މިއީ މިފަހުން އެމެރިކާ އަދި އިނގިރޭސިވިލާތުން ގުޅިގެން ބޮޑު އަސްކަރީ ހަރަކާތެއް ހިންގާފައިވާ ތިންވަނަ ފަހަރުކަމަށްވާއިރު، އޮޕަރޭޝަންތަކުގެ ތެރެއިން ހޫތީންގެ ހަތިޔާރުތަކާއި ރާޑާ ސއަިޓުތަކުގެ އިތުރުން ޑްރޯންތައް ބަހައްޓާފައިވާ ތަންތަނަށްވެސް ހަމަލާތައް ދީފައިވެއެވެ. އެހެންނަމަވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ކިބައިން ފަސްޖެހޭ މަންޒަރު ފެނިގެން ނުދާކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

ޜެޑްސީ ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހޫތީން ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް ހަމަލާތައް ދެމުންދާކަމަށް މީޑިއާތަކުން ބުނާއިރު، އެއީވެސް ހުއްޓުމެއް ނެތި ހިންގާނެ މަސައްކަތްތަކެއްކަމަށް އެ ޖަމާއަތުން ހާމަކޮށްފައިވެއެވެ. ހޫތީ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމާއި ޖެހެންދެން އެ ޖަމާއަތުން އިސްރާއީލަށް ދެމުންދާ ހަަމަލާތައް ހުއްޓާ ނުލާނެއެވެ. އަދި އެއީ ކޮންމެ އަގެއް ދައްކާފައިނަމަވެސް ހާސިލުކުރަން ތައްޔާރަށް ތިބި ލަނޑުދަނޑިއެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: