ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިޑެންގެ ނަފްސާނީ ހާލަތާއިމެދު ސުވާލު އުފެދިއްޖެ!

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޖޯބައިޑެންގެ ނަފްސާނީ ހާލަތާއިމެދު ސުވާލު އުފެދި އެމެރިކާގެ ރައީސްގެ މަގާމަށް އޭނާ އާއި ވާދަކުރަމުންދާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮޑު ކުރިއެރުންތަކެއް ލިބިއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޑޮނަލްޑް ޓްރަމްޕު އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފާއިތުވެދިޔަ ހަފްތާ އިންތިހާ ކާމިޔާބު ދުވަސްތަކަކަށް ވެފައިވާކަމަށެވެ. އެހެންނަމަވެސް އެ ގައުމުގެ ޑިމޮކްރެޓުންނަށް މި ދުވަސްތައް ދަތި ދުވަސްތަކަކަށް ވެފައިވާކަމަށް ބުނެފައިވެއެވެ.

ޓްރަމްޕުގެ ކެމްޕެއިނަށް ބޫސްޓެއް އައިސްފައިވާކަމަށް ފެނިގެންދިޔައީ، ޖޯ ބައިޑެންގެ ސިކުނޑީގެ ދުޅަ ހެޔޮކަމާއިމެދު ސުވާލު އުފެދޭ ފަދަ ރިޕޯޓެއް އެ ގައުމުގެ ހާއްސަ ކައުންސިލަކުން ނެރުމާއިއެކުއެވެ. އެ ރިޕޯޓުގައި އޭނާއަކީ އުމުރުން ދުވަސްވީ ހަނދާން ނެތުމުގެ މައްސަލަ ދިމާވެފައިވާ މީހެއްކަމަށް ސިފަކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން ބައިޑެންއާއި ގުޅޭގޮތުން ރިޕޯޓެއް ނެރުނީ އޭނާ އޮފީހުން ބޭރުގައި ސިއްރު ލިޔެކިއުންތައް ގެންގުޅޭ ގޮތް ތަހުގީގުކުރަމަށްފަހުއެވެ. އެގޮތުން ލިޔެކިއުންތައް ގެންގުޅެފައިވާގޮތުގެ މައްސަލައެއް ނެތްކަމަށް ބުނެފައިވާއިރު، އެ ރިޕޯޓުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުގައި ބޮޑެތި ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް ކުޅިވަރު ހަފްލާކަމަށްވާ ސުޕަރ ބޯލްގެ ފެށުމުގެ ކުރިއަށް އިންތިޒާމުކޮށްފައިވާ އެއް ގަޑިއިރުގެ އިންޓަރވިއުއެއް ދިނުމަށް ބައިޑެން ދެކޮޅު ހެދިކަންވެސް މީޑިއާތަކުންވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އޭނާ ދެކޮޅު ހެދީ ސުޕަރބޯލްގެ މާހައުލުގައި ސިޔާސީ ވާހަކަތަކުން ބެލުންތެރިން ސަލާމަތްކުރުމަށްކަމަށް ބުނެފައިވާއިރު، ކެމްޕެއިން ދުވަސްވަރު ގައުމީ ޓީވީގައި ލިބިގެންދާ އެފަދަ ފުރުސަތެއް ނަގާލާފައިވަނީ އެހެން ސަބަބަކާއި ގުޅިގެންކަމަށް ތުހުމަތުތައް އަމާޒުކޮށްފައިވެއެވެ.

ބައިޑެންގެ ފަރާތުން މިފަހުން ޕްރެސް ދިނުމަށް ދެކޮޅު ހެދުމުގެ ޓްރެންޑެއް ފެނިފައިވާއިރު، ދެމުންދާ ޕްރެސްތަކުގައި ހަނދާން ނެތުމާއި ކުށް މައުލޫމާތުތައް ދިނުން ފަދަ މައްސަލަތައް ޖެހެމުންދާކަން ފާޙަގަކުރެވެއެވެ.

ނިޔަތް ރަނގަޅު ދުވަސްވީ މީހެއްގެ ގޮތުގައި މިހާރު ސިފަކުރަމުންދާ ބައިޑެންއާއިމެދު އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކަންބޮޑުވާކަން ސޯޝަލްމީޑިއާ ޕޯސްޓުތައް ދިރާސާކުރުމުން ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ. އަދި ގިނަ އަދަދެއްގެ މީހުން ޓްރަމްޕުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ސަބަބުން އޭނާ އަނބުރާ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި ހުންނަ މަންޒަރު ދެކެން ބޭނުން ނުވާކަމަށްވެސް ބައެއް ސަރުކާރާއި ގާތުން ފެނިގެންދާ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: