ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިހާބަށް ނެގި ޕޯލްއަކުން ޓްރަމްޕު ކުރި ހޯދައިފި

ޑޮނަލްޑް ޓްރަމްޕު އަދި ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ މައްޗަށް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިއަށް ވޯލްސްޓްރީޓް ޖާނަލްއިން ނަގާ ގައުމީ ޕޯލްއިން ކުރި ހޯދައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޑޮނަލްޑު ޓްރަމްޕު އެ ގައުމުގެ ރައީސްކަމުގެ އިންތިހާބުގެ ކުރިއަށް ކުރާ މި ގައުމީ ދިރާސާއިން ކުރި ހޯދާފައިވަނީ ބައިޑެން އޭނާ އަކީ އިންތިހާއަށް ނުބައި ނުލަފާ މީހެއްކަމަށް ވިދާޅުވެފައިވަނިކޮށެވެ. އަދި ބައިޑެންއަށް އެ ދިރާސާއިން ލިބިފައިވާ އެޕްރޫވަލް ރޭޓިންގް އަކީ އޭނާގެ ވެރިކަމުގެ ދައުރުގައި މިހާތަނަށް ލިބިފައިވާ އެންމެ ދަށް ރޭޓިންގްކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން މި ދިރާސާގެ ނަތީޖާއާއި މީގެ ކުރިން ކުރެވިފައިވާ އެހެނިހެން ދިރާސާތަކުގެ ނަތީޖާ ދާދި އެއްގޮތްކަމަށާއި ބައިޑެންގެ ޕާޓީކަމަށްވާ ޑިމޮކްރެޓުންގެ ތެރޭގައިވެސް އިންތިހާބާއިމެދު ކަންބޮޑުވުންތައް ހުރިކަމަށް ބުނެފައިވެއެވެ. އަދި ބައިޑެން ދެވަނަ ދައުރަކަށް ޝައުގުހުރިކަން ހިއްސާކުރެއްވިނަމަވެސް ޑިމޮކްރެޓުންގެ ތެރޭގައިވެސް ގިނަ އަދަދެއްގެ މީހުން އޭނާ ފަހަތަށް ޖެހިވަޑައިގަންނަ މަންޒަރު ދެކުމަށް އެދޭކަމަށާއި ސަބަބަކީ އޭނާ އުމުރުން ދުވަސްވެފައިވުންކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.

ބައިޑެންގެ ދަރިފުޅު ހަންޓާ ބައިޑެންގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރެވިފައިވުމަކީވެސް ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމުގައި ކުރިމަތިވެފައިވާ ބޮޑު ހުރަހެއްކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.އެހެންނަމަވެސް ރިޕަބްލިކަން ޕާޓީގެ ޓިކެޓު ލިބުން އެންމެ ގާތް ކެންޑިޑޭޓުކަމަށްވާ ޓްރަމްޕަށްވެސް އޮތީ ދަތި އުނދަގޫ ދަތުރެއްކަމަށް ބުނެފައިވެއެވެ. ސަބަބަކީ އޭނާގެ މައްޗަށް އެތަކެއް ޖިނާއީ ތުހުމަތެއް ކުރެވި ޝަރީއަތްތައް ކުރެވެމުންދިއުންކަމަށްވެސް ބުނެފައިވެއެވެ.

ފަންޑްރެއިސަރެއްގައި ވާހަކަދައްކަވަމުން ބައިޑެންވަނީ އެމެރިކާގައި ހިނގި ބޮޑު ތާރީހީ ހަމަނުޖެހުމެއްކަމަށްވާ ކެޕިޓޮލް ރަޔަޓުގެ މައްސަލައިގައި ޓްރަމްޕު ހިންގި އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޓްރަމްޕު ހިންގަނީ ނުބައި ނުލަފާ އަމަލުތަކެއްކަމަށާއި އޭނާ އަކީ ސިޔާސީ ހަމަނުޖެހުމާއި ދެކޮޅަށް ތެދުވުމުގެ ބަދަލުގައި އެކަމަށް މަރުހަބާ ކިޔާ ހިތްވަރުދޭ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: