ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިޑެން ކެމްޕެއިން ބިނާކުރަނީ ޑިމޮކްރެސީއަށް ވަކާލާތުކުރުމުގެ މައްޗަށް!

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީ ހިމާޔަތްކުރުމުގެ ޝިއާރުގެ ދަށުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އެ ގައުމުގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން، ޕޯލްތަކުން އިންތިހާއަށް ދަށުން ނަތީޖާ ހޯދަމުންދާ ބައިޑެން މިހާރު މަސައްކަތްކުރައްވަމުންދަނީ އިތުރު ދައުރެއް ހޯއްދެވުމުގެ ގޮތުން ކެމްޕެއިން ފެއްޓެވުމަށެވެ. އަދި ރާވާފައިވާ ހަރަކާތްތަަކުގެ ތެރޭގައި ޑިމޮކްރެސީއަށް ވަކާލާތުކުރައްވާކަން ދެއްކެވުމުގެ އިތުރުން ނަސްލީ އިންސާފުވެރިކަން ގާއިމުކުރުމުގެ ގޮތުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް މަސައްކަތްތައްވެސް ހިމެނޭކަަމަށް ރިޕޯޓުތަކުގައިވެއެވެ.

ބައިޑެން އަދި މިހާރުގެ ނައިބުރައީސް ކަމަލާ ހެރިސް ވާދަކުރާނެކަން ހިއްސާކޮށްފައިވަނީ މަޝްހޫރު ނޫސްތަކާއިއެކު ކުރިއަށް ގެންދިޔަ ކޮންފަރެންސް ކޯލެއްގައިކަމަށްވާއިރު، 24 މިނެޓަށް ދެމިގެންދިޔަ މި މުއާމަލާތުގެ ތެރޭގައި 28 ފަހަރު ޓްރަމްޕުގެ ނަން ގެނެސްފައިވާކަމަށް ބުނެފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ބައިޑެންގެ ޓީމުން މަސައްކަތްކުރަމުންދަނީ އޭނާ އާއި ޓްރަމްޕުގެ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރިކަމަށް ދެއްކުމަށެވެ.

ބައިޑެންގެ ޓީމުން ހިއްސާކޮށްފައިވާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ޑިމޮކްރެސީ އާއި މިނިވަންކަމާއި ގުޅޭގޮތުން ބައިޑެން ވާހަކަދައްކަވާނެއެވެ. އަދި އެ ދެ ބާރު ގަދަ ހިޔާލަކީ އެމެރިކާގެ ކާބަފައިންގެ ޒަމާނުގައި ގައުމު ގުޅުވާލަދިން ހިޔާލުތައްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: