ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދައްކާ ދޮގު އެގްރިމެންޓެއް ދެން ރައްޔިތުން ގަބޫލު ނުކުރާނެ: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އުންމީދަކީ ފުރަތަމަ ބުރަށް ވުރެ މާ ޖޯޝުގައި ކުރިޔަށް ގޮސް އިންތިހާބު ކާމިޔާބު ކުރުންކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ދައްކަން އުޅޭ ދޮގު މަންޒަރުތައް ގަބޫލު ނުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލައްކައަކަށް ވުރެ ގިން ވޯޓާއި އެކު 46 އިންސަތައިން ކުރި ހޯއްދެވި މުއިއްޒު ވަނީ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތައް ފައްޓަވާފަ އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތްތަކަށް ފަހު ހަވީރު އޮތީ މާފަންނު ހުޅަނގު ދާއިރާގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އުންމީދަކީ ފުރަތަމަ ބުރަށް ވުރެ މާ ޖޯޝުގައި ކުރިޔަށް ގޮސް އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. ސަރުކާރަށް ލިބުނު ދަށް ނަތީޖާއަށް ފަހު ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ގައުމުގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ އެއްބަސްވުންތަކުގެ ފޭކު އެގްރިމެންޓުތައް އާންމު ކުރަން އުޅޭކަމަށް ތުހުމަތުކޮށް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

ބޭރު ގައުމުގެ ސިފައިން ރާއްޖެގައި ތިބި ތިބުމަކީ އެއީ ދޮގުވާހަކައެއްކަމަށް… ނުވަތަ އެއީ ނުހިގާ ކަމެއް ކަމަށް ދައްކަން އުޅޭ އުޅުމުގެ ސަބަބުންވެސް އެކަމުގެ ހަގީގަތް އެއީ ތެދު ވާހަކައެއްކަން އެދަނީ ސާބިތުވަމުން.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި މި ގައުމުގެ ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތަންދޮރު ފިލާ ހޭލުންތެރި ބައެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. ހާއްސަކޮށް ރައްޔިތުން އަމިއްލަ ގައުމު ދެކެ ލޯބިވާކަމަށާއި ކިރިޔާވެސް ގައުމަށް ނުރައްކަލެއް އަތުވެދާނެކަމެއް މެދުވެރިވާން ބޭނުން ނުވާނެކަމަށް ވިދާޅުވި އެވެ.

އިދިކޮޅުގެ ޓީމުތައް އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންނާއި އެކު، ގައުމުގެ ހައްގުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީ އާއި އެ ހުށަހެޅުންތައް ފުރިހަމަވާނީ ވެސް މުއިއްޒު ވިދާޅުވި ގޮތުގައި ގައުމެއް ފުރިހަމަ ގޮތުގަައި އޮވެގެންނެވެ. އަދި ރައްޔިތުން ވިސްނަންވީ ކަންކަމަކީ މިއީކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ފަޅުތެރެއިން ބައެއް ހިއްކައި ފޭސް ތްރީ ގާއިމު ކުރާނެ ކަމަށެވެ. އަދި ގުޅީފަޅު، ފުށިދިއްގަރު ފަޅު ހިއްކައި ރައްޔިތުންނަށް ގޯތި ދޭނެކަމަށާއި މި ހުރިހާކަމެއް ވެރިކަން ލިބޭތާ އަހަރެއްގެ ތެރޭގައި ފުރިހަމަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވައުދެއްވުމަށް ފަހު އެކަމެއް ތަންފީޒު ކުރަން ޖެހޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ނުކުރެވޭނެ ކަމެއްގެ ވާހަކައެއް އޭނާ ނުދައްކަވާނެ ކަމަށެވެ. ހާއްސަކޮށް އެއްވެސް ޕްލޭނެއް ނެތި، ސިޔާސަތެއް އަދި އެކަމުގެ ފައިނޭންސިން ހޯދާނެ ގޮތެއް ނޭނގި ވައުދުތައް ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ސަރުކާރަށް ކުރެވެން ހުރި ކަންކަން ވެސް ނުކޮށް ދޫކޮށްލަނީ ގަސްތުގައި ކަމަށެވެ. މާލޭގެ އެންމެ ކާރޫބާރު ބޮޑު އަމީނީ މަގުގެ މަސައްކަތް ކުރާތާ އަހަރެއްވީއިރު ވެސް މަސައްކަތް ނިމިފައި ނުވާތީ މުއިއްޒު އެކަމަށް ފާޑުވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: