ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރަށް ހުކުމް ކުރެވިފައިވާ އެމެރިކާގެ ރައްޔިތަކީ ޖާސޫސެއް: ޗައިނާ

ޗައިނާގައި އުމުރަށް ޖަލަށް ލާފައިވާ ޖޯން ޝިންވަން ލުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ޖަލެއްގައި އުމުރަށް ބަންދުކުރެވިފައިވާ އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޯން ޝިންވަން ލުން އަކީ އެމެރިކާގެ ޖާސޫސެއްކަމަށް އެގައުމުން ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޗައިނާއިންވަނީ ޖޯން ޝިންވަން ލުން ނަމަކަށް ކިޔާ 78 އަހަރުގެ އެމެރިކާ ރައްޔިތެއްގެ މައްޗަށް އުމުރުގެ ޖަލުހުކުމެއް ކޮށްފައެވެ. އެ ގައުމުން ބުނާގޮތުން، އޭނާއަކީ ވޭތުވެދިޔަ 30 އަހަރު ދުވަހު އެމެރިކާއަށް ޖާސޫސްކޮށްދީފައިވާ މީހެކެވެ. އެ ގައުމުން މި ފިޔަވަޅު ނަގާފައިވަނީ ބޭރު ގައުމުތަކަށް ޖާސޫސްކުރުމަށް ޖާގަ ނުދިނުމުގެ ގޮތުން ދިފާއީ މަސައްކަތްތަކެއް ކުރެވެމުންދަނިކޮށެވެ. ޖޯންގެ މައްޗަށް ކުރެވިފައިވަނީ ޖާސޫސްކުރުމުގެ ކުށުގެ ދައުވާއެވެ.

ރިޕޯޓުތަކުގައިވާގޮތުން، އެ ހުކުމް ކުރެވުނު އިރު، އޭނާގެ ހައްޔަރާއިމެދު ދީފައިވާ ހަމައެކަނި މައުލޫމާތަކީ 2021 ވަނަ އަހަރުގެ އެޕްރިލް މަހު ހަައްޔަރުކުރެވުނު ވާހަކައެވެ. އަދި އެއަށްފަހު އެތައް މަހެއް ފަހުން ޗައިނާގެ މައި ޖާސޫސީ އެޖެންސީއިންވަނީ ލުންގެ ހަރަކާތްތަކުގެ ތަފްސީލުތަކެއް ހިއްސާކޮށްފައިކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން  އޭނާ އެމެރިކާގެ އިންޓެލިޖެންސާއިއެކު މަސައްކަތްކުރަންފެށީ 1989 ވަނަ އަހަރުގައިކަމަށާއި ގިނަ އަދަދެއްގެ މައުލޫމާތު ހިއްސާކުރިކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އެމެރިކާއަށް ދަތުރުކުރާ ޗައިނާގެ އޮފިޝަލުންނާއި ޑިޕްލޮމެންޓުންގެ ހަރަކާތްތައް ބެލުމާއި ހޮޓާތަކަށް ގެންގޮސް ވީޑިއޯ އަދި އަޑު ރެކޯޑްކޮށް ބްލެކްމެއިލް ކުރުމުގެ ތުހުމަތުތައްވެސް ކޮށްފައިވެއެެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރިކަން އިއުލާނު ހުރި އިރު ތަފްސީލީ މައުލޫމާތެއް ނުދޭކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓޫން ބުނެފައިވާގޮތުން، އެ ގައުމުގެ ރައްޔިތަކުގެ މައްޗަށް ޗައިނާގައި ޖާސޫސްކުރުމުގެ މައްސަލައިގައި ހުކުމެއް ކުރެވިފައިވކަން އެނގެއެވެ. އަދި ބޭރު ގައުމެއްގައި ހައްޔަރުކުރެވުމުން ދޭންޖެހޭ އެންމެހާ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާ އަދި ޗައިނާ ދެ ގައުމުންވެސް ދަނީ ޖާސޫސްކުރުމުގެ ތުހުމަތުކުރަމުންނެވެ. އެ މައްސަލަ ބޮޑުވެފައިވަނީ ޗައިނާގެ ޖާސޫސީ އުޅަނދެއްކަމަށް ބުނެ އެމެރިކާއިން ވައިގެ އުޅަނދެއް ވައްޓާލުމާއިއެކުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: