ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒަށް ތާއީދުކޮށް، ޕީޕީއެމް/ޕީއެންސީ – އެމްއެންޕީ އެއްބަސްވުމަކަށް

މީރުމާގައި އެމްއެންޕީއާއި، ޕީޕީއެމް - ޕިއެންސީ އެއްބަސްވުމަކަށް އައުމަށް ބޭއްވ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމައި މޯލްޑިވްސް ނެޝަނަލް ޕާޓީން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބުގައި އެއްލަކައަށް ވުރެ ގިނަ ވޯޓާއި އެކު 46 އިންސައްތައިގެ ކާމިޔާބެއް ހޯއްދެވި ޑރ. މުއިއްޒު ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެވެ.

ރޭ އެމްއެންޕީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ޕާޓީގެ ކައުންސިލް މެމްބަރުން އިއްތިފާގުވީ މުއިއްޒަށް ތާއީދު ކުރުމަށެވެ. އެހެންވެ ރަސްމީ މަސައްކަތްތައް ފަށައި، މިއަދު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު މި ބައްދަލުވުމުގައި ދެ ޕާޓީގެ ވެސް އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުން ހެދީ މާބޮޑެތި ޝަރުތުތަކެއް ހިމަނައި ސަރުކާރުގެ ވަކި އިންސައްތައެއް ދޭން އެއްބަސްވެގެން ނޫން ކަމަށެވެ. އެމްއެންޕީން ބޭނުން ވަނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގައުމު ސަލާމަތް ކުރުމަށް އެކުގައި މަސައްކަތް ކުރުމަށެވެ.

އަޅުގަނޑުމެން ފޮތިފޮތިކޮށް ކެބިނެޓާއި، ކުންފުނިތައް ބަހާ ވާހަކައެއް ނުލިޔަން.. ބެލީ މި އިންތިހާބު ކާމިޔާބު ކުރަން..

އިދިކޮޅާއި އެކުގައި މަސައްކަތް ކުރުމަށް، އެމްއެންޕީން އެއްބަސްވެ މަސައްކަތް ފެށިއިރު މިދިޔަ ވެރިކަމުގައި ކާނަލް މުހައްމަދު ނާޒިމަށް ލިބުނު ގެއްލުންތަކާއި އަދި ފްރޭމް ކުރިކަމަށް ދެއްކެވި ވާހަކަތައް އެއްފަރާތް ކުރީތޯ ނޫސްވެރިއަކު ކުރި ސުވާލަށް އޭނާ ވިދާޅުވީ މިވަގުތު އެއްވެ ތިބީ ރިޔާސީ އިންތިހާބުގެ މަސައްކަތަށް ކަމަށެވެ. އަދި ވިދާޅުވީ އެކަން ހިނގައިދިޔައީ މާޒީގައިކަމަށާއި، އެ ވާހަކަތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ އެދުވަސްވަރު އެގޮތަށް ކަންތައް ދިމާނުވާކަމަށް ބުނެވެން ނެތްކަމަށާއި، އެކަމަކު މިހާރު މުއިއްޒާއި އެކު ނިކުތީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ.

ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެހެން ޕާޓީތަކުގެ ނިންމުން އާންމު ކުރާނެކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ ނިންމުން އަދި މިހާތަނަށް ސާފުނުވީ ނަމަވެސް އެބޭފުޅުންގެ ވާހަކަތައް ހުރިގޮތުން ރައީސް ސޯލިހަށް ތާއީދުކޮށްފާނެކަމަށް ނުބެލެވެ އެވެ. އެކަމަކު އެ ޕާޓީގެ ތާއީދު ބޭނުންވާތީ، ބައެއް ބޭފުޅުން ދަނީ ރައީސް ނަޝީދާ އެމްޑީޕީގެ ގުޅުން އަބަދުވެސް ގާތްވާނެކަމަށް ބުނެ އެކުގައި މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.

އިންތިހާބަށް ފަހު އެމްޑީޕީގެ މެމްބަރުންގެ ހިޔާލުތައް ތަފާތު އެކި ގޮތްގޮތަށް ހުރިއިރު، ރައީސް ސޯލިހު ގައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވަނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ މައި އޮފީހުގަ އެވެ. މި ބައްދަލުވުމުގައި ބައެއް މިނިސްޓަރުންނާއި، ދައުލަތުގެ އެކި މަގާމުތައް އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: