ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ކަޅު ފައިސާއަށް ވޯޓުކޮޅު ވިއްކާލަންވީ ވަގުތެއް ނޫން: އަދުރޭ

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ލޯންޗެއްގައި ގެނައި ކަޅު ފައިސާއަށް ވޯޓު ވިއްކާލަންވީ ވަގުތު ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ވަޒީފާގެ ބިރު ދެއްކުމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ފެނަކަ ނުވަތަ އާރްޑީސީގައި އޮތް ވަޒީފާއެއް ގެއްލިދާނެތީ ބިރުން އުޅެން ނުޖެހޭކަމަށެވެ. އަދި ވަޒީފާ ސަލާމަތްކުރެވޭނީ ގައުމުގެ ފަސްގަނޑު ސަލާމަތުން އޮތްވެގެންކަމަށް އޭނާ ވިދާލުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކޮންމެ ރަށަކަށް ދިޔަޔަސް ބަނދަރުހަދަން ނުވަތަ މަގުހެދުން ފަދަ ބޭނުންތައް ޖެހިފައިވާކަމުގެ ވާހަކަތައް ހިއްސާކުރާކަމަށާއި ބޭނުން ނުވާ އެއްކަމެއްވެސް ނެތްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ދިވެހިންގެ އަތްމަތީގައި ނެތި އެކަންކަން ކުރެވޭނެތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މައްޗަށް އޮތީ އެހެން ގައުމެއްގެ ބާރުކަމަށާއި ވެރިކަން ކުރަނީވެސް އެހެން ބައެއްކަމަށެވެ. އަދި ރާއްޖޭގައި ކަންކަން ހިނގަމުންދަނީވެސް ދިވެހިން ނޫން އެހެން ބަޔަކު ނިންމާ ނިންމުތަކުގެ މައްޗަށް ބިނާކޮށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާވަނީ ބަޔަކު މީހުން ބުނާ ގޮތަކަށް ބުނާ ކަމެއް ކުރަން ޖެހިފައި ތިބުމުން ތަރައްގީތަކެއް ގެނެވޭނެތޯ ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިސްވެ ދެންނެވި ކަންކަމާއިމެދު ވިސްނަން ޖެހޭކަމަށާއި ޒަމާނާއި ހާލަތު ނޫން ތަފާތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމީހެއްގެ ހިތުގައި ގައުމަށް ލޯތްބެއް ވާ ނަމަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ވޯޓުލާން ގޮސް އެ ކަރުދާހުން ކެންޑިޑޭޓު ނަމްބަރު 4 ޑރ މުހައްމަދު މުއިއްޒު ނޫން މީހަކު ފެނިވަޑައިގަންނަވާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، މި އިންތިހާބަކީ ޑރ މުއިއްޒު އަދި އިބްރާހިމް މުހައްމަދު ސާލިހު ދެމެދު ބޭއްވޭ އިންތިހާބެއް ނޫންކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، މިއީ އިންޑިއާ އަދި ރާއްޖެ ދެމެދު އޮތް އިންތިހާބެއް ކަމަށާއި ވާދަކުރަމުންދަނީ ބީޖޭޕީގެ ކެންޑިޑޭޓަކާއި ދިވެހި ރައްޔިތުންގެ ކެންޑިޑޭޓެއްކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި އިންތިހާބަކީ މިނިވަންކަންމަތީ ދެމިތިބުމާއި އަޅުވެތިކަމުގެ ތެރެއަށް ދިއުމާއި ދެމެދު ބޭއްވޭ އިންތިހާބެއްކަމަށެވެ. އަދި މި އިންތިހާބަކީ ރާއްޖޭގައި އިސްލާމްދީން ނޫން ދީނުތަކަށް ފުރުސަތު ދިނުމާއި ނުދިނުމާއި ދެމެދު ބޭއްވޭ އިންތިހާބެއް ކަމަށާއި އެހެންކަމުން މިއީ ސަމާސާ ކުރާ ފަދަ ވަގުތެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ލޯންޗަކުން ގެންނަ ކަޅު ފައިސާތަކަކަށް ވޯޓުކޮޅު ވިއްކާލަންވީ ވަގުތެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: