ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން އަހުމަދު އައްޔަނު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަނު ކޮށްފިއެވެ.

އަޒްލީން އެސްޖީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އަލީ އާރިފް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ..

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އެޕާޓީގެ އެސްޖީގެ މަގާމަށް ހަމަޖައްސާފައިވާކަން ޖޭޕީގެ ފަރާތުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަލީ އާރިފް ޖޭޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމާފައިވަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޖޭޕީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: