ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގަތާއި ހިލާފު ހަބަރު ފަތުރަމުންދަނީ އިތުބާރު ގެއްލުވުމަށް: އިލެކްޝަން ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އިސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަބުރު ބޯމަތިވެފައިވަނިކޮށް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތާއި މެދު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ.

އިލްކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު ހަބަރާއި މައުލުމާތު ފަތުރަމުންދާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ.

“ހަގީގަތާއި ހިލާފު ހަބަރު ފަތުރަމުންދަނީ ރައްޔިތުންނާއި އަދި ކެންޑިޑޭޓުންނާއި ދެމެދު އިތުބާރު ގެއްލުވުމަށް. ހަގީގަތާއި ހިލާފު ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރަން.” އީސީ

އެ ކޮމިޝަނުން ބުނީ ރިޔާސީ އިންރިހާބު 2023ގެ ރީ ރަޖިސްޓްރޭޝަނަށް، އެ ކޮމިޝަނުގެ ފަރާތުން ބޭނުން ކުރަމުންދާ ޕޯޓަލް އަކީ ލޯކަލް ކައުންސިލް އިންތިހާބު 2020 އަށްފަހު ބޭއްވި ހުރިހާ ބައި އިލެކްޝަން ތަކުގައި ތަޖުރިބާ ކޮށް ބޭނުން ކޮށްފައިވާ ޕޯޓަލް އެއް ކަމަށެވެ. އަދި އެއީ ހުރިިހާ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުގެ އިތުބާރާއި އެކު ބޭނުން ކުރަމުން އަންނަ ޕޯޓަލް އެއް ކަމަށާއި، އަދި އެ ޕޯޓަލްގެ މަސައްކަތަކީ އައީޓީ ސެކިއުރިޓީ ކޮންސަލްޓެންޓެއްގެ ލަފަޔާއި، އިރުޝާދުގެ މަތިން ބަލަހައްޓަމުން ގެންދާ މުހިންމު މަސައްކަތެއް ކަމަށްވެސް އެކޮމިޝަނުންވަނީ ބުނެފައެވެ.

ނަމަވެސް ރީ ރަޖިސްޓްރީގެ އޮންލައިން ޕްރޮސެސް އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެ ޕްރޮސެސް އަކީ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ގޮތެއް ހޯދައިދިނުމައްޓަކައި ތައާރަފްކޮށް ބޭނުންކުރަމުންދާ ޕޯޓަލް އެއް ކަމަށެވެ. އަދި އެ ޕޯޓަލް އާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާ އިތުބާރު ގެއްލުވާ ނުލުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ސާޅީސްހާސް މިހުން ރީ ރަޖިސްޓްރީ ކޮށްފައިވާއިރު އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

އެހެންކަމުން އެ ޕޯޓަލްގެ އެކްސެސް ކޮމިޝަނުގެ ކުރީގެ އެއްވެސް މެމްބަރަކަށް، ނުވަތަ ކަމާއި ނުބެހޭ އެއްވެސް މިހަކަށް، ނޯންނާނެ ކަމުގެ ޔަގީންވެސް އަރުވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެކޮމިޝަނުގެ ނައިބު ރައިސް އިސްމާއިލް ،ހަބީބް އެކްސްގައި މީގެ ކުރިން ވިދާޅުވީ ކެމްޕެއިން ހަރަކާތުގައި ކެންޑިޑޭޓުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކުމާއި، އެފަދަ މަންޒަރުތައް މީޑިޔާ އަށް ދައްކައި މީހުންގެ މެދުގައި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރުމަކީ ކުށެއް ކަމަށެވެ.

އެގޮތުން އެފަދަ ކަމެއް ކުރި ފަރާތަކަށް އަދަބު ކަނޑައެޅިގެންވާ ކަމަށާއި، އަދަބެއްގެ ގޮތުން 4 މަހާއި އެއް އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށެވެ. އަދި ހަތަރު ހާސް ރުފިޔާ އާއި ބާރަ ހާސް ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: