ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީ ރަޖިސްޓްރޭޝަންގައި ގޯހުން ކަމެއް ހިނގާނަމަ ހައްލުކޮށްދޭނަން: ހަބީބް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ގޯހުން ކަމެއް ހިނގާފައިވާނަމަ، އެކަމެއް އިލެކްޝަން ކޮމިޝަން (އީސީ)ން އިސްލާހު ކޮށްދޭނެ ކަމަށް އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރ ކުރަން 47000 މީހުން ފޯމް ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ. ދެދުވަސް ތެރޭގައި ބައިލައްކައެއްހައި މީހުން ރީ-ރެޖިސްޓަރ ކުރިއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރެޖިސްޓަރ ކުރީ 42000 މީހުންނެވެ.

ރީ-ރެޖިސްޓްރޭޝަންގައި މައްސަލަތަކެއް އުޅޭކަން ހާމަ ވާކަމަސް ގިނަ ޕާޓީތަކުގެ އިސްލީޑަރުން ވަނީ ސުވާލު އުފައްދާފައެވެ. މިގޮތުން މާލޭގެ މީހަކު ހއ. އިހަވަންދޫގައި ވޯޓުލާން ރަޖިސްޓްރީކޮށްފައި އޮތް މައްސަލައެއް ފެންމަތިވިއިރު، ހއ. ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އޮތް ކަމަށް ބުނާ މައްސަލައެއް ފެންމަތިވރފައިވެއެވެ.

މިކަންކަމާއި ގުޅިގެން ހަބީބް ވިދާޅުވީ، ރީ-ރަޖިސްޓްރީ ކުރާ ފޯމެއް ހުށަހަޅައިގެން ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް އެއްވެސް މީހަކު ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

އަދި އީސީ އަށް މައްސަލަ ހުށަހެޅުމުން ފޯމުގެ ކޮޕީ ނުވަތަ ޕޯޓަލް އިން އެދިފައިވާކަން ބަލައިދެވޭނެ ކަަމަށްވެސް ވިދާޅުވިއެެވެ. ރީ-ރަޖިސްޓްރޭޝަން ގެ މަސައްކަތް ނިމުމުން އެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއްދެވޭނެ ކަމަށް އީސީއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: