ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ކައުންސިލުތަކުގެ މުވައްޒަފުންނަށް 35 އިންސައްތަ އެލަވެންސް ދޭން ނިންމައިފި

ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރު ނިމެން 10 ދުވަހަށްވެފައި ވަނިކޮށް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަތައް އަންނަ މަހުން ފެށިގެން ބޮޑު ކުރުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނުކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސަރުކާރުން މިފަދަ ނިންމުންތައް ނިންމާނެކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުން ވެސް ސަރުކާރަށް އަމާޒުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުގައި 35 އިންސައްތަ އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މޭއި މަހުން ފެށިގެން އެ އެލަވަންސް ހަމަޖެހުނު ނަމަވެސް އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނިފައި ނުވާކަމަށެވެ.

އެހެންވެ ކައުންސިލްތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް އަންނަ މަހުގެ 01 އިން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތް ހަމަޖެއްސީކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ސަބަބެއްކަމަށް ބަޔާނުގައި ބުނީ ސަރުކާރުގެ މުވއްޒަފުންނަށް އެލަވަންސް ހަމަޖެހުމަށް ފަހު، ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުމާ ޝަކުވާތައްފަހު ކަމަށެވެ. އަދި އެ އެލަވެންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ހޯދައިދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއެޅޭ ސަބަބަކަށްވެފައި ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް އެ އެލަވެންސް ލިބޭ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކޭތީ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: