ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް 3 ގެ ބިންހިއްކުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަދު ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެރީއާ އޭ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް ނަގާފައި ނުވާތީ އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފި އެވެ.

އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަށް ނެގުމަށް ތަކުރާރުކޮށް އިއުލާންކޮށް އަދި އެކި ގޮތްގޮތުން އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އާބަންކޯއިން ވިދާޅުވީ ފޭސް 3 ގެ އޭރިއާ އޭގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް އަދިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ  ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަރބަންކޯއިން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެ ކަމައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: