ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަންކޯ އާއި ސްމާޓްކޮމް ގުޅިގެން އީ ސްކޫޓަރެއް ތައާރަފްކޮށްފި!

މުހައްމަދު ވަހީދު/ ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަންކޯ އާއި ސްމާޓްކޮމް ގުޅިގެން އަަލަށް އިލެކްޓްރިކް ސްކޫޓަރއެއް ތައާރަފްކޮށްފިއެވެ.

ހުޅުމާލެ ސެންޓަރަލް ޕާކުގައި އާބަންކޯއިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވިދާޅުވީ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ވަރަށް ކުރު މުުއްދަތެއްގެ ތެރޭގައި ޕައިލެޓްތަކެއް ޓެސްޓު ކުރެވި އާންމުނަށް ދެއްކޭވަރަށް ލޯންޗްކުރެވެމުންދާ ކަމަށެވެ. މުޅި މާލެ ސަރަހައްދުގައިވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތޮއްޖެހުމާއި، ޓްރެފިކް އަދި ޕަބްލިކް ޓްރާންސްޕޮޓޭޝަންގައި ހުރި އެކި އުސޫލުތަށް އިމްޕްލިމެންޓް ނުކުރެވުން ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ހުރި ކަންކަން ލޯކަލް ލެވެލް އެއްގައި އެޑެޕްޓް ކުރުމަށްޓަކައި އާބަންކޯގެ ލޯކަލް ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގައުމުތަކުގެ ޓެކްނޮލޮޖީ ދިރާސާ ކުރުމަށް ފަހު ލޯކަލައިޒް ކުރުމަކީ އެބަޔަކު އަމިއްލަޔަށް ކުރަން ޖެހޭ ކަމެއް ކަމަށްވެސް އާތިފް ވިދާޅުވިއެވެ. އެހެންނޫންނަމަ ސްކޭލް، ބިހޭވިއަރ އަދި އެފޯޑަރބިލިޓީ، މިހުރިހާ ޑައިނަމިކްސްއާއި ކޮންޓެކްސްޓްވެސް ވަރަށް ތަފާތުކަމަށް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ އެއްވެސް އެއްޗެއް ޓެސްޓު ނުކުރެވޭކަމުގައި ވާނަމަ އާންމުން ބަލައިގަންނަނީ ކޮން ލެވެލްއެއްގައި ކަމެއް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަވެސް އެކަމަށް ގިނަ ދިރާސާ ތަކެއް ކުރައްވާ، މީހުން އެތަކެތި ބަލައިގަންނަ މިންވަރުވެސް ބައްލަވާ ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ބަލައި، ރާއްޖޭގައި ހިންގޭނެ އެއްޗެއްތޯ ބަލައި އެކަން ކުރައްވާފައިވާކަމަށެވެ. އާތިފް ވިދާޅުވީ މިކަން އާންމުން ބަލައިގަންނަ ކަމުގައި ވާނަމަ މުޅި ސިޓީގައިވެސް މިފަދަ އެތަށް އިންފްރާސްޓްރަކްޗާރ އާއި އެކު ގްރީން ސްޓީއަކަށް ހެދުމަށް ޓަކައި ވަރަށް ބޮޑު އިނީޝިއޭޓިވް އަކަށް ވެގެން ދާނެ ކަމަށެވެ. މި އިންފްރާސްޓަރަކްޗަރ ތަކަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަމީހުންނަށް ވަަރަށް ބޮޑު ލުއި ފަސޭހަތަކެއް ވެގެން ދާނެ ކަމެއްކަމަށް ވިދާޅުވިއެވެ. ސްކޭލް އަޕް ކުރުމަށް ޓަކައި ލިބޭ ފީޑްބެކް ތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ އުސޫލުން މުޅިރާއްޖޭގައި މިކަން ކުރެވޭނެ ކަމަށް އާތިފް ވިދާޅޫވިއެވެ. އެހެންކަމުން އެކި ސިޓީ ކައުންސިލްތަކުގައި މިހާރުވެސް އެ ވާހަކަ ދެކެވެމުން އަންނަ ވާހަކަ ވިދާޅުވިއެވެ. އަދި އެސިޓީތަކުގައި ހުރި އާބަން ސެންޓަރ ގެ އެހީތެރިކަމާއި އެކު އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިއުނިކޭޝަންސް އޮތޮރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ ސްމާޓް ސިޓީ ނުވަތަ ޒަމާނީކޮށް ދިރިއުޅުމުގެ ކަންކަން ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމެއްކަމަށެވެ. ހުޅުމާލެއަކީވެސް ސްމާޓް ސިޓީއެއް ގޮތުގައި ގާއިމްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އާބަންކޯގެ ފަރާތުން ކުރައްވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ސްމާޓްކޮމް ގެ ނަމުގައި ވަކި ބްރޭންޑެއްގެ ދަށުން އެކިއެކި ސްމާޓް ތަކެތި ތައްޔާރު ކުރުމާއި އަދި ރައްޔިތުންނަށް ސްމާޓްކޮށް ދިރިއުޅުމުގެކަންކަން ކޮށްދިނުމަށްޓަކައި ގިނަ ކަންކަން އާބަންކޯއިން ކުރައްވާ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އަދި އާބަންކޯއިން ތައާރަފްކޮށްފައިވާ އާބަން ގްލައިޑް ނުވަތަ އީ ސްކޫޓަރ އިންވެސް ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ވަސީލަތެއް ގިނަބަޔަކާ ހިއްސާކުރެވުމަކީ ތިމާވެށީގެ ގޮތުންނާއި ޖީބަށްވެސް އޭގެ ފައިދާކުރާނެކަމެއްގެ ގޮތުގައެވެ. ސްމާޓްކޮށް ދިރިއުޅުމަށްޓަކައި މިއީ ރަނގަޅު ބަދަލެއްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އިލެކްޓރިކް ސްކޫޓަރ ބޭނުންކުރެއްވޭނީ އާބަން ގްލައިޑް އެޕް ޑައުންލޯޑު ކުރައްވައިގެން ކަމަށް ސްމާޓްކޮމް އިން މައުލޫމާތުދެއްވިއެވެ. އެޕަށް ލޮގިން ކުރެއްވުމުން ޖިއޯ ފެންސް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ސްކޫޓަރ ބޭނުން ކުރެވޭނީ އާބަން ގްލައިޑްގެ އެހީގައި އެސްކޫޓަރ ދުއްވުމަށް އާބަންކޯއިން ހަމަޖައްސައިފައިވާ ޕޭމަންޓު ދެއްކުމަށްފަހުއެވެ. ޖިއޯ ފެންސަށްވުރެ ބޭރުވެއްޖެނަމަ ސްކޫޓަރއަށް އެލާމްއެއް އައިސް ސްޕީޑް މަޑުވެ ހުއްޓުމަކަށް އަންނާނެކަމަށް ވިދާޅޫވިއެވެ. އަދި ޖިއޯ ފެންސް ފަހަނައަޅައި ދިއުމުން ސްމާޓުކޮމްގެ އޮޕަރޭޝަން ސެންޓަރގެ ޑޭޝްބޯޑަށް އެލާޓް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: