ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީ ޝީޓްގައި ސޮއި ކުރާ ރަސްމީ 5 ދުވަހުގެތެރޭގައި ލޯނު ފައިސާ ލިބޭނެ: ހަޔަރ އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީ ގައި މިނިނސްތްރު ހިމެނޭހެން ބޭއްވި ބައްދަލުވުން/ފޮޓޯ އެޑިއުކޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނަށް ކުރިމަރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން ފައިސާ ދޫކުރުމަށް އެދޭ ފޯމް ހުށަހަޅާއިރު، ލިޔެކިޔުންތައް ހުށަހަޅާ ދަރިވަރުންނަށް ފީ ޝީޓްގައި ސޮއިކުރުމަށްފަހު ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެއްވާނެ ކަމަށް މިނިސްޓްރީ އޮފް ހަޔރ އެޑިއުކޭޝަންއިން އައުލޫމާތު ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ހަޔރ އެޑިއުކޭޝަން އިން މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ މިއަހަރަކީ ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހަމަޖެހިގެން ދިޔަ އަހަރެއް ކަމަށެވެ. 2023 ވަނަ އަހަރު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ލޯނަށް ކުރިމަތިލާފައިވާ ޝަރުތު ފުރިހަމަވާ 1275 ދަރިވަރުންނަށް ލޯނު ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދެއްވިއެވެ. މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން 2019 ވަނަ އަހަރު 249 ދަރިވަރުންނަށް ލޯނު ދެވިފައިވާއިރު، 2020 ވަނަ އަހަރު 514 އަދި 2021 ވަނަ އަހަރު 450 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އަދި 2022 ވަނަ އަހަރު 454 ދަރިވަރުންނަށް ވަނީ ލޯނު ދޫކޮށް. މިއަހަރުގެ ޖުލައި 4 ގައި ލޯނު ލިބުނު ކަމުގެ ލިޔުން ދަރިވަރުންނާއި ހަވާލުކުރެވުނު ފަހުން ލޯނުގެ ފައިސާ ހަމަޖައްސައި ދިނުމަށް އެދި 760 ދަރިވަރަކު ވަނީ އެދިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ލޯނުގެ ފައިސާ ހަމަޖައްސައި ދިނުމަށް އެދުނު ދަރިވަރުންގެ ފޯމްތަށް މިނިސްޓްރީން ދަނީ ޕްރޮސެސްކުރަމުންދާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ. މިއަހަރުގެ ސެޕްޓެމްބަރު 20ގެ ގެނިޔަލަށް ލިޔެކިޔުންތައް ހަމައަށް ލިބިފައިވާ ދަރިވަރުންގެ ފީ ޝީޓްތައް ތައްޔާރުކޮށްފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއްވިއެވެ. ކޯހަށް ހޮވޭ ދަރިވަރުންނަށް ފައިސާ ދޫކުރެވެނީ، ދަރިވަރުން ފައިސާ ދޫކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަވުމުން ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއްވިއެވެ.

ލިޔެކިޔުންތައް ފުރިހަމަވުމުން، ލޯނުގެ ފީ ޝީޓް ތައްޔާރުކުރެވި ދަރިވަރު ސޮއިކުރުމުން، ލޯނު ދޫކުރުމަށް ވެވޭ ލޯނުގެ އެގްރިމަންޓްގައި ސޮއިކުރައްވާނެ ކަމަށް މިނިސްޓްރީއިން އަންގާފައިވެއެވެ. އެއަށްފަހު ދަރިވަރަށް ފައިސާ ދޫކޮށް ދަރިވަރަކީ ލޯނަށް ހޮވިފައިވާ ފަރާތެއްކަން އަންގައިދޭ ތަފްސީލީ ސްޕޮންސަރޝިޕް ލިޔުމެއް ކިޔަވަން އެދޭ ޔުނިވަރސިޓީ/ކޮލެޖަށް ހުށަހެޅުމަށް ބޭނުންވާނަމަ ސްޕޮންސަރޝިޕް ލިޔުން ދޫކުރައްވާނެ ކަމަށް މިނިސްޓްރީއިން މީޑިއާއަށް ހިއްސާ ކުރައްވާފައިވެއެވެ.

ލޯނުގެ ފައިސާއަށް އެދި ދަރިވަރުން ފޯމް ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަނުމުވުމުގެ ސަބަބުން ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖެއްސުމުގައި އިތުރު ވަގުތުތަކެއް ހޭދަވެ، ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވާކަމަށް އެމިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ. އެހެންކަމުން، ދަރިވަރުން ފައިސާ ދޫކުރުމަށް އެދޭ ފޯމް ހުށަހަޅާއިރު، ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: