ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި މުދައްރިސެއް ދަރިވަރަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް ބަލަނީ!

ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯރަފުށި، ހއ. އަތޮޅު މަދަރުސާގެ އަންހެން ދަރިވަރަކަށް އެ ސްކޫލްގެ ދިވެހި ނަސްލުގެ މުދައްރިސެއްގެ ފަރާތުން ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް ރިޕޯޓުކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓްރީއިން ބުނެފައިވަނީ ރިޕޯޓް ހުށަހެޅި ވަގުތުން ފެށިގެން ޓީޗަރު ދަރިވަރުންނާ އެކަހެރިކޮށްފައިވާނެކަމަށެވެ. އަދި މައްސަލައިގެ ތަހުޤީގަށް ޓީޗަރު ސަސްޕެންޑުކޮށްފައިވާކަމަށެވެ. އަދި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައިކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މީގެ ކުރީގައިވެސް ޓީޗަރުންގެ ފަރާތުން ވަނީ މިފަދަ މައްސަލަތަކެއް ފެންމަތިވެފައެވެ. އަދި އާއިލާގެތަކުގެ ތެރޭގައިވެސް މިފަދަ މައްސަލަތައް އެބަ އޮތްކަމަށް ބުނެ ފުލުހުންނަށް ދަނީ ގިނަ އަދަދަކަށް މައްސަލަތައް ރިޕޯޓްކުރެވިފައެވެ.

މީގެ އިތުރު މިފަދަ ކުށްތަކުގެ ތުހުމަތުގައި ސަރުކާރުގެ އިތުބާރު ހިފޭ މަގާމުތަކުގައި ތިބޭ ފަރާތަށްވެސް އަންނަނީ މަގާމުން ސަސްޕެންޑްކޮށް އަދި ވަކިވެސް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: