މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް ކުރި ވިއްސާރައިގައި 84 އަކަށް ގެއްލުންވެ ރިޕޯޓް ކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއިން ބުނެފިއެވެ.
ޑިޒާސްޓާ މެނޭޖްމެންޓުން ކުރި ޓްވީޓޭއްގައި ބުނެފައިވަނީ ރާއްޖެއަށްކުރި ވިއްސާރައިގައި 4 ރަށަކަށް ގެއްލުން ވެފައިވާކަމަށެވެ. ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ރަށްތަކުގެ ތެރެއިން ޅ.ކުރެންދޫގެ 66 ގެއަކާއި، އއ. އުކުޅަސް 15ގެއަކާއި، އެއަތޮޅުގެ ފެރިދޫގެ 1ގެއާއި އަދި ސ.ފޭދޫގެ 2 ގެއެއް ހިމެނޭކަމަށް ބުނެފައިވެއެވެ.
ސެޕްޓެމްބަރު މަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ⛈️ވިއްސާރައިގައި، ،ގެއްލުން ލިބިގެން މި އޮތޯރިޓީއަށް ރިޕޯޓް ކޮށްފައިވާ ކޭސް؛ ޅ. ކުރެންދޫ 66 ގެ އއ. އުކުޅަސް 15 ގެ އއ. ފެރިދޫ 01 ގެ ސ. ފޭދޫ 02 ގެ. ގެއްލުން ވަޒަންކޮށް ނިމި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަަތް ދަނީ ކުރަމުންނެވެ
— NDMA Maldives (@NDMAmv) September 25, 2023
ޑިޒާސްޓާ މެނޭޖްމެންޓުން ބުނެފައިވަނީ އެރަށްރަށުގެ ގެތަކަށްވެފައިވާ ގެއްލުން ވަޒަންކޮށް އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
މީގެއުތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ދުވަސްކޮޅަކަކށް ވުމުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އެދި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރިފައެވެ.

