ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓާސް ލިސްޓުގައި ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރަން ފަށައިފި!

ޕޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓުގައި ދެ ކެންޑިޑޭޓުންގެ ފަރާތުން މިއަދު ސޮއިކުރަން ފަށައިފިއެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުން އޮތީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ. އިސީން މިއަދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްފުޅުންނާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވޯޓާސް ލިސްޓްގައި ސޮއިކުރައްވައިފިއެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގަވާއިދުގައި ބުނާ ގޮތުން، އީސީ އާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވެ، އިނގިލީގެ ނިޝާން ޖަހަން ޖެހެއެވެ.

ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ. ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު އިތުރު 408 މީހަކަށް ލިބެއެވެ. އީސީން ވިދާޅުވި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރަން ހުށަހެޅި 50،047 ފޯމުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވާ 11،284 ފޯމް ލިބުނު ކަމަށް ވިދާޅުވެފައި ވެއެވެ.

ރީ ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އިތުރު 12 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެހެންކަމުން ދެ ވަނަ ބުރުގައި 586 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: