ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: މަމްދޫހުގެ ބޮޑެތި ތުހުމަތުތަކެއް ޗައިނާގެ ހިއްސާދާރަށް!

ކޭޕާކް މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހަމްބޯ ކުންފުނިން ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ މައްސަލައިގައި އޮޅުވާލަމުންދަނީ ހަމްބޯ އިންކަމަށް ދިވެހި ހިއްސާދާރު ހަސަން ވަކީލުން ބުނެފިއެވެ.

ކޭޕާކް ރެސިޑެންސް އިމާރާތުގެ ފްލެޓްތައް ނުއަގުގައި އާއްމުންނަށް ވިއްކައި އެފައިސާ ބޭނުންކޮށްގެން ނާޖައިޒު މަންފާ ނެގިކަމަށް މަމްދޫހުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހަމްބޯ އިންޓަރނޭޝަނަލްގެ ހިއްސާދާރެވެ. ކޮރެއާގެ ހަމްބޯ އިންޓަރނޭޝަނަލް ކުންފުނީގެ ވެރިޔާ ޖިން ޝިހޫ މަމްދޫހުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ސޮއި ފޯޖްކޮށްގެން މަކަރާއި ހީލަތުން ފްލެޓް އާއްމުންނަށް ވިއްކައި ވަގު އެއްބަސްވުންތައް ހަދައި އެ އެއްބަސްވުމާއި ގުޅޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.

އެމައްސަލަގައި މަމްދޫހުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަަަށް އޭނާ އިންކާރުކޮށްފައިވެއެވެ.

މަމްދޫހުގެ ވަކީލުން ނެރުނު ބަޔާނުގައި ވާގޮތުން އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މަމްދޫހު އާއި، ކޮރެއާ ރައްޔިތެއް ހިއްސާވާ ހަންބޯ ކޮމްޕެނީ ލިމިޓެޑް (ހަންބޯ ޓެކް) ކުންފުންޏާއެވެ. އަދި، ޗައިނާގެ ޖިންޝީ ހޫގެ ހިއްސާ އޮންނަ ހަންބޯ މޯލްޑިވްސް އަކީ އެ މަސައްކަތުގެ ލޮޖިސްޓިކްސް ކަންކަން ހަމަޖެއްސުމަށް އެކުލަވާލި ލޯކަލް ކުންފުންޏެއް ކަމަށެވެ. މަމްދޫހުގެ ވަކީލުން ބުނެފައިވާ ގޮތުގައި ހަންބޯ މޯލްޑިވްސްގެ ލޯފާމުން ހަންބޯ ޓެކުގެ ބޯޑުގެ ނިންމުމެއް ނެތި ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ އިތުބާރު ގެއްލޭކަމެއްކަމަށެވެ.

ހަންބޯ މޯލްޑިވްސްގެ ޗައިނާ ހިއްސާދާރު، ޖިންޝީ ހޫއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބަޔާނުގައި ވާ ގޮތުން، ކޮވިޑާއި ހަމައަށް ކޭޕާކު ފްލެޓުތަކުގެ މަސައްކަތްތައް ހިނގަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް މަމްދޫހުއާއި ޖިންޝީ ހޫ ދެއާމެދު މައްސަލަ ޖެހުނު ހިސާބުން ހޫ ހަންބޯ ޓެކުގެ އޮފީހަށް ވަދެ، މަމްދޫހުއާއި ދެމެދު މާރާމާރީވެސް ހިންގިއެވެ. އަދި އޮފީހުގައި ހުރި ބައެއް ލިޔެކިޔުންތައް ވަގަށް ގެންގޮސްފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް މައްސަލަ ރަޖިސްޓްރީ ކޮށްދީފައިނުވާކަމަށާއި، ނަމަވެސް މަމްދޫހުއާއި ދެކޮޅަށް ހުށަހެޅި މައްސަލަތައް ތަހުގީގުކުރިކަމަށްވެއެވެ. އަދި މަމްދޫހުއަށް ފިޔަވަޅުއަޅާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ. ހަންބޯ މޯލްޑިވްސް ކުންފުނީގައި އޮތް މަމްދޫހުގެ ހިއްސާ އަތުލުމުގައި އަމަލުކޮށްފައިވަނީ ކުންފުނިތަކުގެ ގާނޫނާ ޚިލާފަށްކަމަށާއި، އެގޮތަށް ނިންމި ބޯޑް ބައްދަލުވުން ބޭއްވީވެސް ހޫ އެކަނިކަމަށް ވަކީލުން ބުންޏެވެ، އަދި އެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން އިކޮނޮމިކް މިނިސްޓްރީން ބަލައިގެންފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ބުނެފައިވެއެވެ.

އެ މައްސަލައިގައި އިކޮނޮމިކް މިނިސްޓްރީއާއި ދެކޮޅަށް މަމްދޫހު ދައުވާކޮށްފައިވާކަމަށާއި، އެ މިނިސްޓްރީ ބަންޑާރަ ނާއިބު ތަމްސީލު ކުރައްވާއިރު، ހަންބޯ މޯލްޑިވްސްގެ ލޯ ފާމް، ލޯ ކްރާފްޓުގައި ވެސް މަސައްކަތް ކުރައްވަނީ އެ އޮފީހުގެ ވަކީލުން ކަމަށްވެއެވެ. އަދި މިކަމުން ދޭހަވަނީ ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވާފައިވާ މިންވަރުކަމަށް ވަކީލުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: