ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ފޮށި ބަހައްޓާ ސަރަހައްދުތަކަށް ބަދަލުތަކެއް!

ފޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓި ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް ބަދަލު ތަކެއް އައިސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގެ ދެވަނަ ބުރުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ގއ. ވިލިނގިލި-3 އަދި ފުވައްމުލަކު ދެކުނު ދާއިރާ-2 ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ފޮށި ބަހައްޓާ ތަން އިސްލާހު ކުރެވިފައިވާކަމަށް އީސީ އިން ބުނެފިއެވެ.

ގއ. ވިލިނގިލި-3 ފޮށްޓަށް ވޯޓުލެވޭނީ ވިލިނގިލީ އަމީނީ މަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ފުވައްމުލަކު ދެކުނު ދާއިރާ-2 ފޮށްޓަށް ވޯޓުލެވޭނީ ދޫނޑިގަން އަވަށުގެ މާލެގަމާ ގުޅުނު ހިސާބުން ފެށިގެން ދެކުނަށް ގޮސް ބަހަރުމަގުގެ ދެފަރާތް ހިމެނޭގޮތަށް ބޮޑުފަންނު މަގުގެ އުތުރުފަރާތުން ގޮސް ފުނާޑު އަވަށާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އިންތިހާބުގެ ވޯޓު ފޮށިތަކަށް އައިސްފައިވާ ބަދަލުތަށް ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: