ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުން މިފަހަރު ހޮވޭ ކެންޑިޑޭޓަކަށް އިލްކްޝަނުން ފަތްކޮޅެއް އަރުވަނީ

ފޮޓޯ: އިލްކެޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުން މިފަހަރު ހޮވޭ ކެންޑިޑޭޓަކަށް އިލްކްޝަނުން ފަތްކޮޅެއް އަރުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިފަހަރު ހޮވޭ ކެންޑިޑޭޓަކަށް ރަސްމިއްޔާތެއްގެ ތެރެއިން ފަތްކޮޅު އެރުވޭނެ ކަމަށެވެ.

“އިންތިހާބުން ހޮވޭ ކެންޑިޑޭޓަކާއި ރަސްމީ ލިއުމެއް ހަވާލު ކުރުން އޮތީ ނިންމާފައި. އެކަން ރަސްމީ ނަތީޖާއެކު ބޭއްވާނެ.” ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިއީ ތަފާތު ގޮތަކަށް ރޭވިފައިވާ ކަމެއްކަމަށާއި، މީގެ ކުރިން ބޭއްވި އިންތިހާބުތަކުން ހޮވޭ ކެންޑީޑޭޓަކަށް މިގޮތަށް ފަތްކޮޅު އަރުވާފައި ނުވާކަމަށެވެ. ނަމަވެސް ރަސްމީ ނަތީޖާ އިއުލާންކުރުމާއެކު މި ރަސްމީލިޔުން ވެސް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި އަަށް ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ. ފުރަތަމަބުރުގައި ލިބިލެއްވި ނަތީޖާ ދަށްވުމުގެ ސަބަބުން ދެވަނަބުރަށް ދަތުރުކޮށްފައިވަނީ ސަރުކާރު ހިންގާ މައިޕާޓީއާއި، އިދިކޮޅު ކޯލިޝަން ޕާޓީ، ޕީޕީއެމް/ޕީއެންސީ އެވެ.

މި ދެޕާޓީން ވަނީ ވާދަވެރި ކެމްޕޭނެއްކޮށްފައެވެ. ވޯޓްލުން މާދަމާ ކުރިއަށްދާއިރު، ވޯޓްލުމުގެ ގަނޑި އަކީ ހެނދުނު އަށަކުން ހަވީރު 5:00 އަށެވެ. ހަބީބު ވިދާޅުވީ ގުދުރަތީ ހާދިސާއެއް މެދުވެރިނުވާ ކަމުގައިނުވާނަމަ ވޯޓް ފަސް ނުކުރެވޭނެ ކަމަށާއި، ބަރާރު ގަނޑިއަށް ވޯޓް ފޮށިތައް ބަންދުކޮށް ވޯޓް ގުނުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ މި ބޭއްވާ އިންތިހާބަކީ އަމާންކަމާއި، އޮމާންކަމާއި އެކު ބޭއްވޭ އިންތިހާބަކަށް ވެގެންދިޔުމަކީ އެބޭފުޅުންގެ އެންމެ ބޮޑު އުއްމީދު ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: