ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީ ޑރ މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މަރުހަބާ ވިދާޅުވެއްޖެއެެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނު ކޮށްފައިވާއިރު، ދެވަނަ ބުރުން ޑރ މުއިއްޒަށް ލިބިވަޑައިގެންނެވީ 127،332 ވޯޓެވެ. ރައީސް ސާލިހަށް ލިބިވަޑައިގެން ވޯޓު އެއްލައްކަ ކްރޮސް ކުރީވެސް 586 ވޯޓު ފޮށީގެ ތެރެއިން 530 އެއްހާ ވޯޓު ފޮށި ގުނާ ނިމުމަށްފަހުއެވެ.

މިއާއިއެކު ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ޑރ މުއިއްޒު ޓެގް ކުރެއްވުމަށްފަހު ކުރެއްވި އެކްސްއެއްގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރައްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހި ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަަމަށެވެ.

އިންޑިއާއާއި މި ސަރުކާރާއި ދެމެދު ގާތް ގުޅުމެއް އޮންކަމަށް ޕީޕީއެމް/ޕީއެންސީ އިން ގަބޫލުކުރާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ޕީޕީއެމް/ޕީއެންސީއިން ވަނީ އިންޑިއާއާއި ގުޅުވައި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އިންޑިއާގެ ނުފޫޒު މި ސަރުކާރަށް އެބައޮތްކަމަށާއި، ރައީސް ސާލިހަށް އަމިއްލައަށް ވެރިކަން ކުރުމުގެ ބާރު ނެތްކަމަށް ބުނަމުން ގެންދިޔައެވެ. އަދި ޑރ މުއިއްޒުވެސް ވަނީ އިންޑިއާގެ ސިފައިން، ރާއްޖޭގައި އެބަތިބިކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އިދިކޮޅުގެ އެކިއެކި ހަރަކާތްތަކުގައި މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ. ސަރުކާރާއި އިންޑީއާ ދެމެދު އޮތް ގުޅުން އޮތީ ހުދޫދުން ބޭރުގައިކަމަށާއި، ރާއްޖޭގައި މިނިވަން ހާރިޖީ ސިޔާސަތުތަކެއް ނެތްކަމަށްވެސް ބުނަމުން ގެންދިޔައެވެ.

ޑރ މުއިއްޒަށް ވެރިކަން ލިބުމާއިއެކު، ކުރައްވާނެ އެންމެ ފުރަތަމަ ކަންތަތަކުގެ ގޮތުގައި ވައުދުވީ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުވުން ހިމެނެއެވެ. އަދި ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލަށް ބުރޫ އަރާފަދަ އެއްބަސްވުންތައް މި ސަރުކާރުން، އިންޑީއާއިއެކު ވެފައިވާތީ، އެ އެއްބަސްވުންތަކުގެ ހަގީގަތް ހާމަކުރުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: