ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒުގެ 14 ހަފްތާގެ މަގު ޗާޓުގައި، އައިވީއެފް ޓްރީޓްމެންޓަށް އާސަންދަ ލިބޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ، މުހައްމަދު މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ދަރިމައިވުމުގެ މައްސަލައާއި ގުޅުން ހުރި ފަރުވާތަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޑރ. މުއިއްޒުގެ 100 ދުވަހުގެ ޕްލޭނުގައި ހިމަނާފައިވާ ކަންތައްތަކަކީ އެމަނިކުފާނު އިންތިހާބު ތެރޭގައި ރަށްރަށަށް ވަޑައިގެން އަދި މާލޭގެ ބޭއްވުނު  އެކި ޖަލްސާތަކުގައި ވެސް ހުށައަޅާފައިވާ ކަންތަތަކެވެ. މީގެ ކުރިން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު އިންތިހާބު ތެރޭގައި ދެއްކެވި ވާހަކަތަކާއި ރައްޔިތުންނަށްވީ ވައުދުތައް ފޮތެއްގެ ގޮތުގައި ނެރުއްވާނެ ކަމަށެވެ.

ރޭގަ އިއުލާންކުރެވިގެން ކުރިއަށްދިޔަ ޑރ. މުއިއްޒުގެ 14 ހަފްތާގެ އެ މަގުޗާޓުގައި ވަނީ އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމާއި ގުޅޭފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން ލެބޯޓްރީގެ ހިދުމަތްވެސް ދެވޭނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ތާއަބަދު ބަލި ހާލާއިގެން މާލެ އައިސް ފަރުވާ ހޯދާ ފަރާތްތަކުގެ ދަތުރުތަކަށް ނިމުމެއް ގެނެވޭނެ ކަމަށްވެސް އޭގައި ހިމަނާފައި ވެއެވެ. އަދި ހަމަ މީގެ އިތުރުން އެއާ އެމްބިއުލާންސް ތައާރަފް ކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށްވެސް ފާހަގަ ކޮށްފަވެއެެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަަށް ދ. ކުޑަހުވަދޫގައަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައިއެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކޮށް ދެއްވާނެ ކަމަށެވެ. އަދި އާސަންދަ ހިދުމަތްވެސް މިހާރަށްވުރެ ބޮޑުކޮށް ފުޅާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެ ޖަމްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ކަމަށެވެ. ސީ އެމްބިއުލާންސްގެ ޚިދުމަތް ވެސް ރާއްޖޭގައި ތައާރަފްކުރެއްވީ ރައީސް ޔާމީންގެ  ވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.

މިހާރު ދުއްވާ ސީޕްލޭނެއްގައި ފުރޮޅު ހަރުކޮށް، ފުލީ އިކުއިޕްޑް ބޯޓުތަކަކަށް ހަދައި އެއާ އެމްބިއުލާންސްގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަވާނެކަމަށް ވިދާޅުވަމުން އޭރު ފާހަގަ ކުރެއްވީ އެ ޕްރޮޖެކްޓް ކާމިޔާބު ކުރާނެ ކަމަށާއި އަދި ކާމިޔާބު ވެއްޖެނަމަ އެ ފަދަ އެތައް ބޯޓުތައްވެސް ރާއްޖެ ގެންނަވާނެކަމަށެވެ. އަދި އާސަންދައާމެދު ގިނަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ އިތުރުން ބޭރުގެ ގައުމެއްގައި ފަރުވާ ހޯދަން ގޮސް އުޅޭއިރު، ފަރުވާ ހޯދާ ހޮސްޕިޓަލް ނޫން އެެހެން ހޮސްޕިޓަލަކަަށް ބަދަލުވެއްޖެނަމަ ބޮޑު ފީއެއް ދައްކަން ޖެހޭ ކަމަށާއި އެ ފީ އިން އާސަންދަ ކަވަރުނުކުރެވޭ ކަމަށެވެ. އެހެންކަމުން މިއީ ހައްތާވެސް ހައްލު ހޯދަންޖެހޭ ކަންތަައްތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ކަންތަތަކަށް ވެސް އެމަނިކުފާނުގެ ސަރުކާރުގައި ހައްލު ހޯއްދަވާނެ ކަމަށް ވެސް ފާހަގަކޮށްފަވެއެވެ.

އާސަންދަ ނުލިބިގެން މީގެ ކުރިން ރައްޔިތުން އުޅުނު ހާލަތު ބަދަލުކޮށް އާސަންދަ ފީ ކަވަރުކުރާނެ ނިޒާމެއް އިންތިޒާމް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އާސަންދައިން ދަރިމައިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަރުވާ ނުހޯދޭކަމުގެ ކަންބޮޑުވުން އޮތްކަމަށާއި، އާސަންދަ ކަވަރުކުރާ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް އިތުރުކޮށް އެ ހިދުމަތްވެސް އާސަންދައިން ލިބޭނެ ގޮތްވެސް ހަދާނެ ކަމަށެވެ.

މީގެ އިތުރުން ދަރިމައިވުމާއި، ގުޅުން ހުރި ފަރުވާތަކަށްދޭ އާސަންދައިގެ ތެރޭގައި އެންޑްމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަނަހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ހައްމަޖައްސައި ދެވޭނެ ކަމަށް ބުނެފައި ވެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ ރައްޔިތުން އެދޭ ބަދަލެއް ގެނައުމަށް ކަމަށާއި، ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރުކަމަށް ކަމަށެވެ.

 

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: