ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަ: އިލެކްޝަން

ފޮޓޯ/އިލެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ޙައްލު ހޯދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ، ޢާންމު ކުރަން ފަށާފައެވެ.
ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށްފައިވާއިރު، ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް، މިއަދު އިޢުލާން ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތިކަމަށާއި،
އެހެންނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އެކޮމިޝަނުން ވަނި ބުނެފައެވެ.

“އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން މިކަމުގެ ޙައްލު ހޯދާނެ.އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި،
އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ. ” އިސްމާއިލް ހަބީބު

އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުވާ ކަމަށާއި، އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް މިފަދަ ގޮންޖެހުމެއްކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އީސީގެ ޓީމަކީ ގޮންޖެހުންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ގާބިލް ޓީމެއް ކަމަސްވެސް ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: